މަޖިލިސްކުރާގެ ކުރިމަތީ ޕާކިން ޒޯންގައި ހުރި ސައިކަލްތަކެއްގައި ރޯކޮށްލި މައްސަލާގައި އަދި އެކަކުވެސް ހައްޔަރެއް ނުކުރޭ

މަޖިލިސްކުރާގެ ކުރިމަތީ ޕާކިން ޒޯންގައި ހުރި ސައިކަލްތަކެއްގައި ރޯކޮށްލި މައްސަލާގައި އަދި އެކަކުވެސް ހައްޔަރެއް ނުކުރޭ

Author
ހުސައިން
06 ޖޫން 2024 12:25
0
ރައްޔިތުންގެ މަޖިލިސްގޭ ކުރިމަތީގައި މެދުޒިޔާރަތް މަގަށް ވާގޮތަށް އޮންނަ ޕާކިންގ ޒޯނުގައި ހުރި ސައިކަލްތަކެއްގައި އަލިފާން ރޯކުރި މައްސަލާގައި އަދި އެކަކުވެސް ހައްޔަރު ނުކުރާކަމަށް ފުލުހުން ބުނެފިއެވެ.
މި ހާދިސާގެ ރިޕޯޓް ހޯމަދުވަހުގެ ރޭ ދަންވަރު 03:03 ހާއިރު ލިބުމާއެކު އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްގެ ފަޔަރ ފައިޓަރުން ވަނީ އެސަރަހަށްދަށް ގޮސް އަލިފާން ނިއްވުމުގެ މަސައްކަތް ކޮށްފައެވެ. މިގޮތުން އެފްއާރުއެސްގެ ފަޔަރ ފައިޓަރުން ކުރި މަސައްކަތުން ސައިކަލްގައި ރޯވެފައި ހުރި އަލިފާން ނިއްވާލެވުނީ އެރޭ 03:15 ހާއިރުއެވެ.
މި ހާދިސާގައި ދެ ސައިކަލު ބޭނުން ނުކުރެވޭ ވަރަށް އަނދާފައިވާއިރު، ފަސް ސައިކަލާއި ދެ ވޭނަށް ވަނީ އަލިފާނުގެ ސަބަބުން އެކިވަރުގެ ގެއްލުންތައް ލިބިފައެވެ. މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައި ނުވެއެވެ.
ފުލުހުން މީގެކުރިން ބުނެފައިވަނީ ސައިލަކުތަކުގައި ރޯކޮށްލި މީހާ ދެނެގަނެވިފައިވާ ކަމުގައެވެ.
މިއީ ފަހަކަށް އައިސް ސައިކަލުތަކެއްގައި ރޯކޮށްލައިގެން ހިނގި އެންމެ ބޮޑު އެއް ހާދިސާއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.