ރާއްޖޭގެ ފޮރިން މިނިސްޓަރު މޫސާ ޒަމީރު، ސްރީލަންކާގެ ރައީސް ރަނިލް ވިކްރަމްސިންހަ އާ ބައްދަލުކުރައްވައިފި އެވެ.
ޒަމީރު ރަނިލްއާއި ބައްދަލު ކުރެއްވީ މިމަހުގެ 3 އިން 6 އަށް، ލަންކާގެ ފޮރިން މިނިސްޓަރު އަލީ ސަބްރީގެ ދައުވަތަކަށް އެގައުމަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިންނެވެ.
ފޮރިން މިނިސްޓްރީން ބުނެފައިވަނީ ރައީސް ރަނިލް އާއެކު ޒަމީރު މިއަދު ބޭއްވި ބައްދަލުވުމުގައި ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމާ ގުޅޭގޮތުން މަޝްވަރާ ކުރެއްވި ކަމަށެވެ.
ޒަމީރު މިއަދުވަނީ ލަންކާގެ ފޮރިން މިނިސްޓަރާއި ބައްދަލުކުރައްވާ ރަސްމީ ވާހަކަތަައް ބާއްވާފައެވެ.
ޒަމީރު ވަނީ މިއަދު ލަންކާގެ ފޮރިން މިނިސްޓަރާ ވެސް ބައްދަލު ކުރައްވައި، ރަސްމީ ވާހަކަތައް ބައްވައިފަ އެވެ. އެ ވާހަކަތަކުގައި ވަނީ ދެ ގައުމުގެ އިގްތިސާދު ކުރިއެރުވުމާއި ތައުލީމާއި ވިޔަފާރި އަދި ސިއްހީ ދާއިރާ ކުރިއެރުވުމާއި ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކޮށްފަ އެވެ.
އޭގެ އިތުރުން އިޒްރޭލުން ފަލަސްތީނުގެ ޣާއްޒާގައި ދެ ގައުމުން ވެސް ނަގާފައިވާ ސްޓޭންޑު ތަކުރާރުކޮށް، ވީއެންމެ އަވަހަކަށް ދާއިމީކޮށް ހަނގުރާމަ ހުއްޓާލައި، ޣާއްޒާގެ ރައްޔިތުންނަށް ބޭނުންވާ އިންސާނީ އެހީ ލިބޭނެ ކަމަށް ދެ ގައުމުން ވެސް އުއްމީދުކުރާ ކަމަށް ޒަމީރު ހާމަކުރެއްވި އެވެ.
ކޮމެންޓު ފޮނުވާ