މަސްއޫދު ސަފީރު ފަތްކޮޅު އަރުވައިފި

މަސްއޫދު ސަފީރު ފަތްކޮޅު އަރުވައިފި

Author
ހުސައިން
05 ޖޫން 2024 06:54
0

ސްރީލަންކާއަށް ރާއްޖެއިން ކަނޑައެޅި ސަފީރު މަސްޢޫދު ޢިމާދު، އޭނާގެ ސަފީރުކަމުގެ ފަތްކޮޅު ލަންކާގެ ރައީސް ރަނިލް ވިކްރަމަސިންގއަށް އަރުވައިފިއެވެ.

ލަންކާގެ ރައީސް ރަނިލްއަށް، މަސްޢޫދު ޢިމާދު އޭނާގެ ސަފީރު ކަމުގެ ފަތްކޮޅު އަރުވާފައިވަނީ މިއަދު ހެނދުނު ސްރީލަންކާގެ ރައީސް އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައެވެ.

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު, ދަ ޑިމޮކްރެޓިކް ސޯޝަލިސްޓް ރިޕްބްލިކް އޮފް ސްރީލަންކާއަށް ދިވެހިރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ސަފީރުކަމަށް، މ. ތުޅާގިރި، މަސްޢޫދު ޢިމާދު ޢައްޔަނުކުރައްވާފައިވަނީ މިދިޔަ މެއި މަހުގެ 9 ވަނަ ދުވަހުއެވެ.
ސަފީރުކަމުގެ މަގާމާ ހަވާލުވެވަޑައިގަތް މަސްޢޫދު ޢިމާދަކީ، ރައީސް ޑޮކްޓަރ މުޙަންމަދު ވަޙީދު ޙަސަން ގެ ދައުރުގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ މީޑިއާ ސެކްރެޓަރީގެ މަގާމުވެސް ފުރުއްވާފައިވާ ބޭފުޅެކެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.