"މަހަރާޖާ"ގެ ޓްރެއިލާ ނެރެފި

"މަހަރާޖާ"ގެ ޓްރެއިލާ ނެރެފި

Author
ފާތިމަތު ނާވީ
07 ޖޫން 2024 09:41
0

ސައުތުގެ ދެވަނަ އެއް ހުނަރުވެރި އެކްޓަރު ވިޖޭ ސެތުޕަތީގެ 50 ވަނަ ފިލްމް "މަހާރާޖާ" ގެ ޓްރެއިލާ އެއް އާންމު ކޮށްފިއެވެ.

މި ފިލްމްގެ ޓްރެއިލާ ވަނީ ތިން ބަހަކުން އާންމުކޮށްފައިއެވެ. އެއީ ޓެލުގޫ އާއި ޓަމިލް އަދި ހިންދީ ބަހުންނެވެ. ވިޖޭ މި ފިލްމްގައި ކުޅެފައިވަނީ ބޯ ކޮށާ މީހެއްގެ ރޯލެވެ. ޓްރެއިލާ ފެށިގެން ދަނީ އެނާ މަސައްކަތް ކުރާ ސެލޫނުން އަގުބޮޑު އެއްޗެއް ގެއްލިގެން ފުލުހަށް މައްސަލަ ހުށައަޅާ ހިސާބުންނެވެ.

މި ޓްރެއިލާއަށް އާންމުންގެ ފަރާތުން އަންނަނީ ވަރަށް ބޮޑު ތަރުހީބެއް ލިބެމުންނެވެ. އަދި ފިލްމު އަޅުވާނެ ދުވަހަކަށް ބެލުންތެރިން ކެއްތެރި ކަމެއް ނެތި ދަނީ އިންތިޒާރުވެސް ކުރަމުންނެވެ.

މި ފިލްމު ޑައިރެކްޓްކޮށް އަދި ލިޔެފައިވަނީ ނިތިލަން ސުވަމިނަތަން އެވެ. ޕްރޮޑިއުސް ކޮށްފައިވަނީ ސުދާން ސުންދަރަމް އާއި ޖަގަދީޝް ޕަލަނިސަމީ އަދި ކަމާލް ނަޔަންއެވެ.

ވިޖޭ ސެތުޕަތީ އާއި އެކުގައި މި ފިލްމްގެ މުހިންމު ރޯލުތަކުން ބޮލީވުޑްގެ މަޝްހޫރު ޑައިރެކްޓަރު އަނޫރާގް ކަޝޭޕް އަދި އަބީރަމީ ވެސް ފެނިގެން ދާނެއެވެ. މީ އާންމު ކޮށް ވިޖޭ ފެނިގެންދާ ފަދަ އެކްޝަން ފިލްމްއެކެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.