އަޖޭ އަނެއްކާ ވެސް ކުޅިވަރު ފިލްމްއެއް ކުޅެނީ

އަޖޭ އަނެއްކާ ވެސް ކުޅިވަރު ފިލްމްއެއް ކުޅެނީ

Author
ފާތިމަތު ނާވީ
08 ޖޫން 2024 10:47
0

ބޮލީވުޑްގެ ކާމިޔާބު އެކްޓަރު އަޖޭ ދޭވްގަން އަނެއްކައިވެސް ކުޅިވަރު ފިލްމް އެއް ކުޅެން ނިންމައިފި ކަމަށް ބުނެފިއެވެ.

ފުޓްބޯޅަށް ބިނާކޮށް މިދިޔަ އެޕްރީލް މަހު ގެނެސްދިން ސްޕޯޓްސް ބައޮގްރަފިކަލް ޑްރާމާ "މައިދާން" އަށް ފަހު، ބޮލީވުޑްގެ ތަރި، އަނެއްކައިވެސް މިފަދަ ފިލްމް އެއް ކުޅުމަށް މިވަނީ ނިންމައިފައިއެވެ. "މައިދާން" އެކޭ އެއްފަދައިން މިފަހަރު ވެސް އޭނާ ކުޅޭނީ ބައޯޕިކްއެކެވެ.

މި ފިލްމަކީ އިންޑިއާގެ ކުރީގެ ކްރިކެޓް ކުޅުންތެރިއެެއް ކަމަށްވާ ޕަލްވަންކަރް ބަލޫގެ ވާހަކަ ކިޔައިދޭ ފިލްމެވެ. މި ފިލްމު ހަދަން ނިންމާފައި ވަނީ އޭނައާ ބެހޭ ގޮތުން ލިޔުންތެރިޔާ ރާމް ގުހާ ލިޔެފައިވާ ފޮތް "އަ ކޯނާ އޮފް އަ ފޮރިން ފީލްޑް" އަށް ބިނާކޮށެވެ.

މި ވާހަކަ ސޯޝަލް މީޑިއާގައި ހިއްސާކޮށް ޕްރޮޑިއުސަރެއް ކަމަށްވާ ޕްރިތީ ސިންހާ ބުނީ ފިލްމު ހަދަން ނިންމާފައި ވަނީ އަޖޭ ޕްރޮޑިއުސަރެއްގެ ގޮތުގައި ވެސް ހިއްސާވާ ގޮތަށް ކަމަށެވެ. އަދި ފިލްމު ޑައިރެކްޓްކުރާނީ ޓިގްމަންޝޫ ދޫލިއާ ކަމަށް ބުންޏެވެ.

ޕަލްވަންކަރަށް ބިނާކޮށް ފިލްމެއް ހަދަން ތައްޔާރުވަމުން އަންނަ އިރު، އޭނަ އަކީ އިނގިރޭސީންގެ އަޅުވެތިކަމުގައި އިންޑިއާ އޮތް ދުވަސްވަރު އުފެދުނު ވަރަށް ހުނަރުވެރި ކުޅުންތެރިއެކެވެ. އުމުރުން 79 އަހަރުގައި ޕަލްވިންދަރު މަރުވީ 1955 ގަ އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.