ބޮލީވުޑްގެ ބަތަލާ ސްވަރާ ބާސްކަރު މިހާރު ވަރަށް ބޮޑަށް ބަރުދަން އިތުރު ވެއްޖެ ކަމަށް ބުނެ ފާޑުކިޔާ ފަރާތްތަކަށް އޭނާ ހޫނު ރައްދެއް ދީފި އެވެ.
އިންޑިއާގެ މުނިފޫހި ފިލުވުމުގެ ހަބަރުތަށް ގެެނެސްދޭ ނޫހެއް ގައި ބުނެފައިވާ ގޮތުގައި ސްވަރާ އަށް މިހާރު ކުރާނެ މަސައްކަތެއް ނުލިބެއެވެ. އެހެންވެ އޭނާ މިހާރު ހުންނަނީ ގޭގައި ކަމަށާއި އޭނާ އަށް ކުރާނެ މަސައްކަތެއް ނުލިބެނީ އޭނާގެ ހަށިގަނޑަށް އައި ބަދަލާއި ގުޅިގެން ކަމަށެވެ.
އެ ނޫހުން އިޝާރާތް ކޮށްފައިވަނީ އޭނާ ބަރުދަން އެތަށް ތަނެއް އިތުރުވެ އޭނާ ފަލަވެފައިވާތީ އެކަމަށެވެ. އޭނާގެ ބަރުދަން ބޮޑުތަނުން އިތުުރު ވެފައިވަނީ ބަނޑުބޮޑޫ ބޮޑު ވުމާއި ގުޅިގެންނެނެވެ. އޭނާ އަށް ދަރިއަކު ލިބިފައިވަނީ މިދިއަ އަހަރުގެ ސެޕްޓެމްބަރު މަހުގައިއެވެ.
އެ ރިޕޯޓާމެދު ނުރުހުން ފާޅުކުރަމުން ސްވަރާ ވަނީ އެ ރިޕޯޓު ކުށްވެރިކޮށްފަ އެވެ. އަދި ހަމައެއާއެކު މިފަހުން އޭނާ ބަލިވެއިނދެ ދަރިއަކު ވިހޭކަން ވެސް ފާހަގަކޮށްފައިވެ އެވެ.
އަދި ދަރިން ލިބުމަކީ ހަށިގަނޑަށް ބޮޑެތި ބަދަލު ތަކެއް އަންނަ ކަމެއް ކަމަށާއި އެގޮތުގެ މަތިން އޭނާގެ ހަށިގަނޑަށް ބަދަލު އައުމަކީ އަޖައިބު ވާންޖެހޭ ކަމެއް ނޫން ކަމަށް ވެސް ބުނެފައިއެވެ. އަދި އޭނާ އަކީ ދުނިއޭގައި މިފަދައިން ހަށިގަނޑަށް ބަދަލުއައި ހަމައެކަނި އަންހެން މީހާ ނޫން ކަމަށް ވެސް އޭނާ ވަނީ ބުނެފައިއެވެ.
ސްވަރާ ކައިވެނި ކޮށްފައިވަނީ މިދިޔަ ފެބްރުއަރީ މަހުގެ ތެރޭގައި ސިޔާސީ ދާއިރާގައި ހަރަކާތްތެރިވާ ފަރާތެއް ކަމަށްވާ ފަހަދް އަހުމަދުއާ އެވެ. އެމީހުންގެ ކުއްލި ކައިވެނީގެ ސަބަބުން ގިނަ ބަޔަކަށް ހައިރާންކަން ވެސް ލިބުނެވެ. މިކައިވެނި ކުރެވިގެން ދިއައީ ވަރަށް އާދައިގެ ގޮތަށް ކޯޓު މެރިޖެއްގެ ގޮތުގައިއެވެ.