ވަރުން އަންހެން ކުއްޖެއްގެ ބައްޕަ އަކަށް ވެއްޖެ

ވަރުން އަންހެން ކުއްޖެއްގެ ބައްޕަ އަކަށް ވެއްޖެ

Author
ފާތިމަތު ނާވީ
05 ޖޫން 2024 10:48
0

ބޮލީވުޑްގެ ޒުވާން އެކްޓަރު ވަރުން ދަވަން އަށް އަންހެން ކުއްޖަކު ލިބިއްޖެ އެވެ.

ވަރުންގެ އަންހެނުން ނަތާޝާ ދަލާލު ވިހެއީ މުމްބާއީގެ ހިންދޫޖާ ހޮސްޕިޓަލްގައި ރޭގެ ވަގުތެއްގައި އެވެ. ވަރުން ބައްޕައަކަށްވިކަމުގެ ޚަބަރާ އެކީ ފޭނުން މިހާރު އަންނަނީ ސޯޝަލް މީޑިއާގައި މަރުހަބާ ވެސް ކިޔަމުންނެވެ.

އެގޮތުން ޑައިރެކްޓަރު ކަރަން ޖޯހަރު ބުނީ އޭނާގެ ބޭބީ އަށް ބޭބީއެއް ލިބިއްޖެ ކަމަށެވެ. އަދި އެއީ އަންހެން ކުއްޖެއް ކަމަށް ވެސް ބުނެފައިއެވެ. އެކްޓަރު އަރުޖުން ކަޕޫރު ބުނެފައިވަނީ ޑެޑީ ނަންބަރު 1 ކަށަވަރު ކަމަށެވެ.

 

View this post on Instagram

 

A post shared by VarunDhawan (@varundvn)

ވަރޫން އާއި ނަތާޝާ އަށް ކުއްޖަކު ލިބެން އުޅޭކަން އިއުލާންކުރީ މި އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގަ އެެވެ. އެ ދެ މީހުން ކައިވެނިކުރީ 2021 ގެ ޖެނުއަރީ މަހުގެ ތެރޭގަ އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.