ދެ ރަށެއްގެ އަންހެނުންގެ ކޮމިޓީގެ މެންބަރުކަމަށް ކުރިމަތިލުމަށް ހުޅުވައިލައިފި

ދެ ރަށެއްގެ އަންހެނުންގެ ކޮމިޓީގެ މެންބަރުކަމަށް ކުރިމަތިލުމަށް ހުޅުވައިލައިފި

ޅ.ހިންނަވަރާއި ފ.ބިލެތްދޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރުކަމަށް ކުރިމަތިލުމަށް ހުޅުވައިލައިފިއެވެ.
މި ދެ އިންތިޚާބު ބާއްވަން ތާވަލުކޮށްފައިވަނީ ޖުލައި 20 ވަނަ ދުވަހަށެވެ.
އިލެކްޝަންސް ކޮމިޝަނުން ވަނީ މި ދެ މަގާމަށް ކުރިމަތިލުމަށް އެދޭ މީހުންނަށް އެ ފުރުސަތު، ޖޫން 14 ވާ ހުކުރު ދުވަހުގެ 16:00 ގެ ނިޔަލަށް ހުޅުވައިލައިފައެވެ.
މި ދެ އިންތިޚާބަށް ކުރިމަތިލުމަށް އެދޭ ފަރާތްތަކުގެ އެޕްލިކޭޝަން ފޯމު ބަލައިގަތުމަށް ހަމަޖެހިފައިވަނީ އީމެއިލް މެދުވެރިކޮށެވެ. އިންތިޚާބަށް ކުރިމަތިލުމަށް އެދޭ ފޯމު މެއިލްކުރާނީ އެ ކޮމިޝަނުގެ [email protected] މެއިލަށް ކަމަށް އީސީއިން ވަނީ ބުނެފައެވެ.
މި ދެ އިންތިޚާބުގެ ވޯޓު ނެގުމަށް ހަމަޖެހިފައިވަނީ ޖުލައި 20 ވާ ހޮނިހިރު ދުވަހުގެ 8:00 އިން 16:00 އަށެވެ. ވޯޓު ގުނަން ފަށާނީ ހަމަ އެދުވަހު ވޯޓު ނަގާ ނިމޭތާ 30 މިނެޓުގެ ހުސްވަގުތުކޮޅަކަށް ފަހުގައެވެ. ރަސްމީ ނަތީޖާ އިއުލާން ކުރުމަށް ހަމަޖެހިފައިވަނީ ޖުލައި 22 ވާ ހޯމަ ދުވަހުގައެވެ.
ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *