ފުވައްމުލަކު ސިޓީ، ގެއެއްގެ ބަދިގޭގައި ރޯވި އަލިފާން، އެމްއެންޑީއެފް ފުވައްމުލަކު ފަޔަރ ސްޓޭޝަނުން ނިއްވާލައިފި

ފުވައްމުލަކު ސިޓީ، ގެއެއްގެ ބަދިގޭގައި ރޯވި އަލިފާން، އެމްއެންޑީއެފް ފުވައްމުލަކު ފަޔަރ ސްޓޭޝަނުން ނިއްވާލައިފި

Author
ހުސައިން
03 ޖޫން 2024 07:46
0
ފުވައްމުލަކު ސިޓީ، ދިގުވާޑު އަވަށު "ގެރަދޫގެ" ބަދިގޭގައި ހުރި ހުޑެއްގައި ރޯވި އަލިފާން، އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑް، ފުވައްމުލަކު ފަޔަރ ސްޓޭޝަނުން ނިއްވާލައިފިއެވެ.
އެ ގޭގެ ބަދިގޭގައި އުދާފައި ހުރި ތެޔޮ ތާހެއްގައި ހުޅުހިފައި ބަދިގޭގައި ހުރި ހުޑުގައި އަލިފާން ރޯވިކަމުގެ މަޢުލޫމާތު މިއަދު ހެނދުނު 06:40 ހާއިރު އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑް، ފުވައްމުލަކު ފަޔަރ ސްޓޭޝަނަށް ލިބުމާއެކު، އެ ފަޔަރ ސްޓޭޝަންގެ ފަޔަރފައިޓަރުން ވަނީ އެ ސަރަހައްދަށް ގޮސް، އަލިފާން ނިވުމުގެ މަސައްކަތް ކޮށްފައެވެ. މިގޮތުން ފަޔަރފައިޓަރުން ކުރި މަސައްކަތުން އަލިފާން ނިއްވާލެވިފައިވަނީ 6:48 ހާއިރެވެ.
މި ހާދިސާގައި އެެއްވެސް މީހަކަށް އަނިޔާއެއް ލިބިފައެއް ނުވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.