ބޮލީވުޑްގެ މަޝްހޫރު އަދި ކުޅަދާނަ އެކްޓަރު އަޖޭ ދޭވްގަން އަށް ޑައިރެކްޓަރު ޖަގަން ޝަކްތީގެ ފިލްމްއެއް ލިބިއްޖެއެވެ. ރިޕޯޓްތަށް ބުނާގޮތުގައި ޖަގަން ޝަކްތީގެ އާ ފިލްމު ހަދަން ނިންމައިފައިވަނީ އަޖޭ އާއި އެކުގައި ކަމަށް ހަބަރުތަށް އަންނަނީ ބުނަމުންނެވެ.
މައުލޫމާތު ލިބޭ ގޮތުގައި މި ޕްރޮޖެކްޓާއި ގުޅޭ ގޮތުން އެދެމީހުންގެ މެދުގައި މިހާރު ވަނީ ގިނަ މަޝްވަރާ ބައްދަލުވުން ތަކެއް ކުރިއަށް ގެންގޮސްފައިއެވެ. އަދި މިހާރުވެސް ބައްދަލުވުންތަށް ދަނީ ކުރިއަށެވެ.
މި ފިލްމް އަދި އިއުލާން ކޮށްފައިއެއް ނުވެއެވެ. މަޝްވަރާ ބައްދަލުވުން ތަކަށް ނިމުމެއް އައުމުން ފިލްމް އިއުލާން ކުރާނެ ކަމަށް ބެލެވެއެވެ. އަދި ހަމަ އެއާއި އެކުގައި މި ފިލްމްގެ މަސައްކަތްތަށް ވީހާވެސް އަވަހަކަށް ނިންމުމަށް ފިލްމގެ ޓިމުން މަސައައްކަތް ކުރަމުން އަންނަ ކަމަށްވެއެވެ. އެގޮތުން ފިލްމުގެ ޝޫޓިން އަންނަ އަހަރުގެ ކުރީކޮޅު ފެށުމަށް އަމާޒު ހިފައިފައިވާ ކަމަށް ވެއެވެ.
އަޖޭ އަކީ ބޮލީވުޑްގެ ތަރިންގެ ތެރެއިން އެންމެ ބިޒީ އެކެކެވެ. އޮގަސްޓްގައި ރިލީޒްކުރަން ހަމަޖެހިފައިވާ "ސިންގަމް އެގެއިން" ގެ މަސައްކަތް އޭނަ މިހާރު ކުރަމުން އަންނަ އިރު، އަންނަ މަހުގެ ތެރޭގައި "ދޭ ދޭ ޕިޔާރު ދޭ 2″ ގެ ޝޫޓިން ފަށާނެ އެވެ. އަޖޭ ސޮއިކޮށްފައި ހުރި އިތުރު ފިލްމުތަކުގެ ތެރޭގައި "ސަން އޮފް ސަރުދާރު 2″ ވެސް ހިމެނެ އެވެ.