އަޖޭ އާއި އެކު ތައްބޫ ކުޅޭ 13 ވަނަ ފިލްމްގެ ޓީޒާ

އަޖޭ އާއި އެކު ތައްބޫ ކުޅޭ 13 ވަނަ ފިލްމްގެ ޓީޒާ

Author
ފާތިމަތު ނާވީ
03 ޖޫން 2024 01:50
0

އެކުގައި ގިނަ ފިލްމް ތަކެއް ކުޅެފައިވާ ބޮލީވުޑްގެ މަޝްހޫރު ދެތަރިން ކަމުގައިވާ އަޖޭ ދޭވްގަން އާއި ތައްބޫގެ "އޯރޯ މޭ ކަހާ ދަމް ތާ" ގެ ޓީޒާއެެއް ދައްކާލައިފި އެވެ.

"އޯރޯ މޭ ކަހާ ދަމް ތާ" ގެ ޑައިރެކްޓަރަކީ މީގެ ވަރަށް ސީރިއަސް ފިލްމުތަކެއް ގެނެސްދީފައިވާ ނީރަޖް ޕަންޑޭ އެވެ. ނީރަޖް އެންމެ ފަހުން ގެނެސްދިން ފިލްމަކީ 2018 ގެ "އައްޔާރީ" އެވެ.

އޭނަގެ ކުރީގެ ފިލްމުތަކުގެ ތެރޭގައި "އަ ވެނިޒްޑޭ"، "ސްޕެޝަލް 26″، "ބޭބީ" އަދި "އެމްއެސް ދޯނީ: ދި އަންޓޯލްޑް ސްޓޯރީ" ހިމެނެ އެެވެ.

 

View this post on Instagram

 

A post shared by Ajay Devgn (@ajaydevgn)

 

ލޯބީގެ ވާހަކައަކަށް ހަދާފައިވާ މި ފިލްމުގެ ބަތަލާ އަކީ ތައްބޫ އެވެ. "އޯރޯ މޭ ކަހާ ދަމް ތާ" އަކީ މި ދެ ތަރިން އެކީގައި މަސައްކަކަތްކުރި 13 ވަނަ ފިލްމެވެ. މި ފިލްމް ރިލީޒް ކުރުމަށް ތާވަލު ކޮށްފައިވަނީ ޖުލައި މަހުގެ 5 ވަނަ ދުވަހަށެވެ.

 

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.