"މަހާރާގްނީ" ގެ ޓީޒާއެއް ދައްކާލައިފި

"މަހާރާގްނީ" ގެ ޓީޒާއެއް ދައްކާލައިފި

Author
ފާތިމަތު ނާވީ
04 ޖޫން 2024 07:34
0

ބަތަލާ ކާޖޮލް ގެ ކުރިއަށް އޮތް ފިލްމް "މަހާރާގްނީ" ގެ ޓީޒާއެއް ދައްކާލައިފި އެވެ. މި ފިލްމްގައި ކާޖޮލް ފެނިގެން ދާނީ  އެކްޝަން ރޯލަކުންނެވެ.

މި ފިލްމަކީ ނެޝަނަލް ހޯދާފައިވާ ތެލެގޫ ޑައިރެކްޓަރު ޗަރަން ގެނެސްދޭ ފިލްމެކެވެ. އޭނަ ކުރިން ޑައިރެކްޓްކުރި ފިލްމުތަކުގެ ތެރޭގައި "އޮޓޯގްރާފް" އާއި "ވެޓްރީ ކޮޑީ ކައްޓޫ" ހިމެނެ އެވެ. "މަހާރާގްނީ" އަކީ ޗަރަންގެ ފުރަތަމަ ހިންދީ ފިލްމެވެ. ކާޖޮލްގެ އިތުރުން މި ފިލްމުގެ ކާސްޓްގައި ޕްރަބޫދޭވާ ވެސް ހިމެނެ އެވެ.

މި ފިލްމް އަކީ ކާޖޮލް އާއި ޕްރަބޫ 27 އަހަރަށް ފަހުގައި އެކުގައި މަސައްކަތް ކުރާ ފިލްމްއެކެވެ. މި ފިލްމް އަކީ ވަރަށް އުންމީދީ ފިލްމްއެއްވެސް މެއެވެ. ކާޖޮލް ވަނީ މީގެ ކުރިން ވެސް ބައެއް އެކްޝަން ރޯލުތަކުން ފެނިގެން ގޮސްފައިއެވެ.

 

View this post on Instagram

 

A post shared by Kajol Devgan (@kajol)

ދެ ތަރިންގެ އާ ފިލްމުގެ ޓީޒާ މިއަދު ދައްކައިލި ނަމަވެސް ފިލްމު ސިނަމާތަކަށް ގެންނާނެ ތާރީހެއް އަދި އިއުލާނެއް ނުކުރެ އެވެ. "މަހާރާހްނީ" ގެ ކާސްޓްގައި ނަސީރުއްދީން ޝާހާއި ޖިއްޝޫ ސެންގުޕްތާ އާއި ޒުވާން އެކްޓަރު އަދިތިޔާ ސީލް ވެސް ހިމެނެ އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.