"ޖުވެލް ތީފް" ގެ ޝޫޓިން ފަށައިފި

"ޖުވެލް ތީފް" ގެ ޝޫޓިން ފަށައިފި

ސައިފް އަލީ ޚާންގެ އާ އެކްޝަން ތުރިލާ "ޖުވެލް ތީފް: ދަ ރެޑް ސަން ޗެޕްޓާ" ގެ ޝޫޓިން ފެށިކަން އިއުލާން ކޮށްފިއެވެ.

މި ފިލްމްގެ ޝޫޓީން ފަށައިފައިވަނީ ހަންގޭރީގައި ކަމަށް ވެސް ވަނީ ބުނެފައިއެވެ. މި ފިލްމް އިއުލާން ކުރީ މިދިއަ އަހަރުގައިއެވެ. ނަމަވެސް އޭރު ނަން އިއުލާން އެއް ނުކުރެއެވެ. ނަމަވެސް އެންމެ ފަހުގެ ހަބަރުތަށް ބުނާގޮތުގައި ފިލްމް ގެ ނަން ރެޖިސްޓްރީ ކުރުމަށް ފަހު މިހާރު ފިލްމްގެ މަސައްކަތް މި ވަނީ ފަށައިފައިއެވެ.

އެ ފިލްމު ޕްރޮޑިއުސްކުރާ މާފްލިކްސް ޕިކްޗާސްގެ ވެރިޔާ ޑައިރެކްޓަރު/ޕްރޮޑިއުސަރު ސިދާތު އާނަންދު އިންސްޓަގްރާމް ޕޯސްޓެއްގައި ސައިފާއި ޑައިރެކްޓަރު ރޮބީ ގަރެވާލް އެކީގައި ނަގާފައިވާ ފޮޓޯއަކާ އެކީ ބުނީ ޝޫޓިން ކުރިއަށް ދަނީ ބުޑަޕެސްޓްގައި ކަމަށެވެ.

 

View this post on Instagram

 

A post shared by Siddharth Anand (@s1danand)

މީގެ ކުރިން ވެސް "ޖުވެލް ތީފް" ގެ ނަމުގައި ވަރަށް ކާމިޔާބު ފިލްމެއް ގެނެސްދީފައިވެ އެވެ. އެއީ ދޭވް އާނަންދު ކުޅުނު 1967 ގެ ސްޕައި ހެއިސްޓް ތުރިލާއެކެވެ. ކާސްޓްގައި ވިޖަންތިމާލާ އާއި އަޝޯކް ކުމާރުގެ އިތުރުން ތަނޫޖާ ވެސް ހިމެނޭ މި ފިލްމް ގެ ޑައިރެކްޓަރަކީ ވިޖޭ އާނަންދެވެ.

"ޖުވެލް ތީފު" ގެ ކާސްޓްގައި ޖައިދީޕް އަހުލުވާތު ވެސް ހިމެނޭ އިރު، މި ފިލްމާ ބެހޭ މާ ބޮޑު ތަފުސީލެއް މިހާތަނަށް ހާމަކޮށްފައެއް ނުވެ އެވެ. މި ފިލްމަކީ ސިދާތު ޑައިރެކްޓްކޮށް މި އަހަރުގެ ޖެނުއަރީގައި ގެނެސްދިން މާފްލިކްސްގެ "ފައިޓާ" އަށް ފަހު، އެ ސްޓޫޑިއޯ އިން ހަދާ ދެވަނަ ފިލްމެވެ.

 

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *