"ހީރާމަންޑީ 2″ ހަދަނީ

"ހީރާމަންޑީ 2″ ހަދަނީ

Author
ފާތިމަތު ނާވީ
03 ޖޫން 2024 06:26
0

އިންޑިއާގެ ކުޅަދާނަ ޑައިރެކްޓަރު ސަންޖޭ ލީލާ ބަންސާލީގެ ފުރަތަމަ ވެބް ސީރީޒް "ހީރާމަންޑީ: ދަ ޑައިމަންޑް ބާޒާރު"  ގެ ދެވަނަ ސީޒަނެއް ހަދާނެކަން އިއުލާންކޮށްފި އެވެ.

މީގެ ކުރިން މީޑިއާގައި ވާހަކަ ދައްކަމުން ސަންޖޭ ބުނެފައިވަނީ ނެޓްފްލިކްސް އިން ބޭނުންވެއްޖެ ނަމަ ދެވަނަ ސީޒަން އެއް ހަދާނެ ކަަމަށެވެ. މިހާރު ވަނީ "ހީރާމަންޑީ 2″ ރަސްމީކޮށް އިއުލާން ވެސް ކޮށްފައިއެވެ.

 

View this post on Instagram

 

A post shared by Netflix India (@netflix_in)

"ހީރާމަންޑީ" މައިގަނޑު ބަތަލާއިންގެ ތެރޭގައި ސޮނާކްޝީ ސިންހާ، މަނީޝާ ކޮއިރަލާ، އަދިތީ ރާއޯ ހައިދަރީ، ރިޗާ ޗައްޑާ، ސަންޖީދާ ޝެއިހް އަދި ޝަރުމިން ސޭގަލް ހިމެނެ އެވެ. "ހީރާމަންޑީ" ގެ ބަތަލުންގެ ތެރޭގައި ފަރުދީން ޚާނާއި ޝޭކަރް ސުމަން އާއި އޭނަގެ ދަރިފުޅު އަދިޔަޔަން ސުމަންގެ އިތުރުން ތާހާ ޝާހް ހިމެނެ އެވެ.

ވަރަށް ގްރޭންޑްކޮށް ހަދާފައިވާ މި ސީރީޒަކީ ބަންސާލީގެ ފިލްމުތަކުން އާންމު ފެންނަ އޭނަގެ ސިގްޗޭނާ ސްޓައިލާއި ވައްޓަފާޅި ވަރަށް ބޮޑަށް ދައްކުވައިދޭ ގޮތަށް ހަދާފައިވާ އެއްޗެކެވެ. "ހީރާމަންޑީ" ގައި ކިޔައި ދެނީ އިންޑިއާ އަށް މިނިވަންކަން ލިބުމުގެ ކުރިން ލާހޯރްގެ ރެޑް ލައިޓް އޭރިއާގައި އުޅުނު ޝާހީ ޖާރިޔާއިންގެ ވާހަކަ އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.