"ޖީ ލޭ ޒަރާ" އެކްޓަރަކު ހޯދަނީ

"ޖީ ލޭ ޒަރާ" އެކްޓަރަކު ހޯދަނީ

Author
ފާތިމަތު ނާވީ
02 ޖޫން 2024 05:20
0

ބޮލީވުޑްގެ އޭ ލިސްޓްގެ ތިން ތަރިން ލީޑުން ފެނިގެން ދާ ފިލްމް "ޖީ ލޭ ޒަރާ" އަށް މިހާރު އޭ-ލިސްޓް ތިން އެކްޓަރަކު ހޯދަމުން އަންނަ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

މި ފިލްމް އަކީ ލީޑުން ކެޓްރީނާ ކައިފް އާއި އާލިއާ ބަޓް އަދި ޕްރިޔަންކާ ޗޯޕްރާ ފެނިގެންދާ ފިލްމްއެކެވެ. މިފިލްމް އަކީ އެކްޓަރު ފަރްހާން އަހްތަރު ޑައިރެކްޓް ކޮށް ގެނެސްދޭ ފިލްމްއެކެވެ. ފިލްމް އިއުލާން ކޮށްފައިވަނީ 2021 ވަނަ އަހަރުގައިއެވެ.

މި ތިން ބަޔަލާއިންނަށް ތިން އެކްޓަރު ހޯދާ އިރު، މިއީ ފަސޭހަ ކަމަކަށް ނުވާނެ އެވެ. ބޮލީވުޑްގެ ޚަބަރުތައް ގެނެސްދޭ މީޑިއާތަކުން ބުނީ ފަރުހާން މިހާރު އެކްޓަރުން ހޯދަން އަތްފުނާ އަޅަމުން އަންނަ ކަމަށެވެ.

 

View this post on Instagram

 

A post shared by Farhan Akhtar (@faroutakhtar)

 

އެ ފިލްމު އުފައްދާ އެކްސަލް އެންޓަޓައިންމަންޓާ ހަވާލާދީ ޕިންކްވިލާ އިން ބުނީ މި އަހަރުގެ އޮގަސްޓް މަހުގެ ތެރޭގައި ރަންވީރު ސިންގުގެ "ޑޮން 3″ ގެ މަސައްކަތް ފެށުމަށް ފަހު، މި އަހަރުގެ ނިމުމުގެ ކުރިން "ޖީ ލޭ ޒަރާ" ގެ މަސައްކަތް ފަށަން ވެސް ފަރުހާން ޕްލޭންކޮށްފައިވާ ކަމަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.