ބީއެމްއެލްގެ މާފުށި ބްރާންޗުން ދޭ ހިދުމަތްތައް ފުޅާކޮށްފި

ބީއެމްއެލްގެ މާފުށި ބްރާންޗުން ދޭ ހިދުމަތްތައް ފުޅާކޮށްފި

Author
ހުސައިން
02 ޖޫން 2024 01:45
0

ބޭންކް އޮފް މޯލްޑިވްސްގެ މާފުށި ބްރާންޗުން ފަރުދުންނާއި ވިޔަފާރިތަކަށް ދެމުންދާ ހިދުމަތްތައް ފުޅާކޮށްފިއެވެ.

މިގޮތުން ބްރާންޗުން ފަރުދުންނާއި ވިޔަފާރިތަކަށް ޔޫއެސް ޑޮލަރު ޖަމާކުރުމާއި ނެގުން، ލޯނު އަދި ފައިނޭންސިންގ އަށް އެދި ހުށަހެޅުން، ޗެކް ޑިޕޮސިޓް ކުރުމުގެ ހިދުމަތް، ސްޓޭޓްމަންޓް ދޫކުރުމާއި ބޭރު ފައިސާ މާރުކުރުން ފަދަ ގިނަ އައު ހިދުމަތްތަކެއް ލިބޭނެއެވެ. މީގެ އިތުރުން، ބްރާންޗުގައި ގާއިމްކޮށްފައިވާ އޭޓީއެމް މެދުވެރިކޮށް 24 ގަޑިއިރު ފައިސާ ނެގުމުގެ އިތުރުން ފައިސާ ޖަމާކުރުމާއި ޓްރާންސްފަރ ކުރުމުގެ ހިދުމަތް ލިބިގެންދާނެއެވެ.

މާ ފުށީ ބުރާންޗުން އިތުރަށް ދޭންފެށި ޚިދުމަތްތަކާއި ގުޅޭގޮތުން އެމްއެލް ގެ ޑައިރެކްޓަރ އޮފް ރީޓެއިލް، ބިޒްނަސް އެންޑް އެސްއެމްއީ ބޭންކިންގ މޫސާ ނިމާލް ވިދާޅުވީ މާފުށްޓަކީ ލޯކަލް ޓޫރިޒަމްގެ މައި ހަބަކަށް ވެފައިވާއިރު، މި ރަށަށް ޒިޔާރަތްކުރާ މީހުންގެ އަދަދު އިތުރުވަމުންދިޔުމާއެކު ބޭންކިންގ ހިދުމަތަށް އޮތް ޑިމާންޑްވެސް ބޮޑުވެފައި ވުމާއެކު، މާފުށީގައި ބޭންކުން ފޯރުކޮށްދޭ ހިދުމަތްތައް ފުޅާކޮށް، މުޖުތަމައަށާއި، ވިޔަފާރިތަކަށް އަދި އެރަށަށް ޒިޔާރަތްކުރާ އެންމެހާ ފަރާތްތަކަށް ގިނަގުނަ ބޭންކިންގ ހިދުމަތްތައް ފަސޭހަކަމާއެކު ލިބޭނެގޮތް ފަހިކޮށްދިނުމަކީ ބީއެލްއަށް ލިބޭ ވަރަށްބޮޑު ހިންހަމަޖެހުމެއް ކަމުގައެވެ.

މުޅި ރާއްޖެ ހިމެނޭ ބޭންކިންގ ވިއުގަޔަކާއެކު 20 އަތޮޅުގައި 38 ބްރާންޗް، 86 ސެލްފްސަރވިސް ބޭންކިންގ ސެންޓަރ، 143 އޭޓީއެމް، 200 އަށް ވުރެ ގިނަ ކޭޝް އޭޖެންޓުންގެ އިތުރުން އެންމެ ޒަމާނީ އޮންލައިން ބޭންކިންގ ހިދުމަތާއެކު ބޭންކް އޮފް މޯލްޑިވްސްގެ އަމާޒަކީ އާންމު ފަރުދުންނާއި ވިޔަފާރިތަކާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ މުޖުތަމައުތަކަށް އެހީތެރިކަން ފޯރުކޮށްދިނުން ކަމުގައި ބީއެމްއެލްއިން ބުނެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.