ސްވިމިން އެސޯސިއޭޝަންގެ ރައީސްކަމުގެ އިތުރު ދައުރަކަށް ޢަބްދުއް ސައްތާރު އިންތިޚާބު ކޮށްފި

ސްވިމިން އެސޯސިއޭޝަންގެ ރައީސްކަމުގެ އިތުރު ދައުރަކަށް ޢަބްދުއް ސައްތާރު އިންތިޚާބު ކޮށްފި

ސްވިމިން އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ރައީސްކަމުގެ އިތުރު ދައުރަކަށް އެ އެސޯސިއޭޝަންގެ މިހާރުގެވެސް ރައީސް މުޙައްމަދު ޢަބްދުއް ސައްތާރު (ޗަމްޕީ) އިންތިޚާބު ކޮށްފިއެވެ. އޭނާ އެ މަގާމަށް އިންތިޚާބު ކޮށްފައިވަނީ ހޮނިހިރު، އެ އެސޯސިއޭޝަންގެ ހިންގާ ކޮމިޓީގެ މަގާމްތަކަށް މެމްބަރުން އައްޔަންކުރުމަށް ބޭއްވި ޖަލްސާގައެވެ.

މި ޖަލްސާގައި ހިންގާ ކޮމިޓީގެ ކޮންމެ މަގާމަކަށްވެސް ކުރިމަތިލާފައިވާ އެންމެ ފަރާތަކަށް ވުމާއެކު މަގާމްތަކަށް މެމްބަރުން ހޮވުމަށް ނަގާފައިވަނީ ފެންނަ ނުފެންނަ ވޯޓެކެވެ.

ސްވިމިން އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ރައީސްކަމުގެ މަގާމަށް ޢަބްދުއް ސައްތާރު އިންތިޚާބު ކުުރުމަށް، ޖަލްސާގައި ބައިވެރިވި 66 މެމްބަރުންގެ ތެރެއިން 64 މެމްބަރުން ވޯޓު ދީފައި ވެއެވެ. މިއީ އެ މަގާމަށް އޭނާ އިންތިޚާބުވި 4 ވަނަ ފަހަރެވެ.

މޯލްޑިވްސް އޮލިމްޕިކް ކޮމެޓީ (އެމްއޯސީ)ގެ ރައީސްކަމުގެ މަގާމްގައިވެސް ހުންނެވީ ޢަބްދުއް ސައްތާރުއެވެ.

ސުވިމިން އެސޯސިއޭޝަންގެ ނައިބު ރައީސްކަމުގެ މަގާމަށް ހޮވާފައިވަނީ ފާއިތުވި ދައުރުގައިވެސް އެމަގާމް އަދާކުރެއްވި އިސްމާއީލް އަލީއެވެ. އޭނާއަށް 63 ވޯޓު ލިބުނެވެ. އޭނާ އެ މަގާމަށް އައްޔަންކުރަން ނުފެންނަކަމަށް 3 މެމްބަރަކު ވޯޓު ދީފައި ވެއެވެ.

ސުވިމިން އެސޯސިއޭޝަންގެ އެހެން މަގާމްތަކަށް ހޮވުނު މެމްބަރުން

1. ހަޒާންދާރުގެ މަޤާމަށް، އަލީ ޝަމީމް

2. ކުލަބުތައް ތަމްސީލު ކުރާނެ މެމްބަރަކަށް އަލީފް ޢަބްދުﷲ

3. ކޯޗުން ތަމްސީލު ކުރާނެ މެމްބަރަކަށް، އަޙުމަދު ފިރާސް އަފީފް

4. ޓެކްނިކަލް އޮފިޝަލުން ތަމްސީލު ކުރާނެ މެމްބަރަކަށް ޙަސަން ސިރާރު

5. އަންހެން މެމްބަރުން ތަމްސީލު ކުރާނެ ފަރުދީ މެމްބަރަކަށް ރަހީމާ އާދަމް

6. ފިރިހެން މެމްބަރުން ތަމްސީލު ކުރާނެ ފަރުދީ މެމްބަރަކަށް، މުޙައްމަދު ނައްވާރު އިބްރާހީމް

ސްވިމިން އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ހިންގާ ކޮމިޓީގެ ދައުރަކީ 4 އަހަރެވެ. އެ އެސޯސިއޭޝަންގެ އ ދައުރު ފެށޭނީ މިމަހުގެ 25 ވަނަ ދުވަހުއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *