މަސްތުވާތަކެއްޗާއެކު މާފުށީ ޖަލު އޮފިސަރަކު ހައްޔަރު ކޮށްފި

މަސްތުވާތަކެއްޗާއެކު މާފުށީ ޖަލު އޮފިސަރަކު ހައްޔަރު ކޮށްފި

Author
ޙަސަން މުޙައްމަދު
31 މެއި 2024 12:58
0

މާފުށީ ޖަލު އޮފިސަރަކު މަސްތުވާތަކެއްޗާއެކު ހައްޔަރު ކޮށްފިއެވެ. މި މައްސަލައާއި ގުޅޭގޮތުން ފުލުހުން ބުނެފައިވަނީ ލިބުނު އިންޓެލިޖެންސް މައުލޫމާތަކާ ގުޅިގެން ބުދަ ދުވަހުގެ ރޭ މާފުށީ ފުލުހުން ޚައްސަ އޮޕަރޭޝަނެއް ހިންގާފައި ވާކަމުގައެވެ. އަދި ފުލުހުން ބުނެފައިވަނީ މި އޮޕަރޭޝަންގައި 32 އަހަރުގެ ފިރިހެންކު ހައްޔަރު ކޮށްފައިވާ ކަމުގައެވެ.

އެނގިފައިވާ ގޮތުގައި އޭނާއަކީ ޖަލު އޮފިސަރެކެވެ.

މި މީހާ ހައްޔަރު ކޮށްފައިވަނީ މާފުށީ ޖަލުކައިރިން ހުއްޓުވާ ބަލާ ފާސްކުރިއިރު އޭނާ އަތުގައި މަސްތުވާތަކެއްޗަށް ޝައްކުރެވޭ ތަކެތި ހުރުމުންކަމަށްވެސް ފުލުހުން ބުނެފައި ވެއެވެ. އޭނާ އަތުން ފެނުނު މަސްތުވާތަކެތިކަމަށް ޝައްކު ކުރެވޭ ތަކެތީގައި 38.4 ގުރާމް ހުރިކަމަށްވެސް ފުލުހުން ބުނެފައި ވެއެވެ.

ފުލުހުން ހައްޔަރު ކުރިމީހާ ކޯޓަށް ގެންދިއުމުން އޭނާގެ ބަންދަށްވަނީ 10 ދުވަސް ޖަހާދީފައެވެ.

ފުލުހުން ބުނެފައިވަނީ އޭނާގެ މައްސަލަ ތަހުގީގުކުރަމުންދާ ކަމުގައެވެ.

 

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.