ސުނީގެ ފިހާރަ ފަޅާލައިފި

ސުނީގެ ފިހާރަ ފަޅާލައިފި

ގުޅުންހުރި

ރާއްޖޭގެ ނަން މަޝްހޫރު ނެށުންތެރިއާ ސުނީތާ އަލީ، "ސުނީ ސްޕެޝަލް" ގެ ނަމުގައި މާލޭގައި ހިންގަމުން އަންނަ ފިހާރަ ފަޅާލައިގެން ވައްކަންކޮށްފި އެވެ.

މިކަމެއް ހިނގައިފައިވަނީ އޭނާ 46 ވަނަ އުފަންދުވަސް ފާހަގަ ކުރި ރޭގައިއެވެ. އެކަމާ ގުޅޭ ގޮތުން ސުނީ ސޯޝަލްމީޑިއާގައި ކުރި ޕޯސްޓެއްގައި ބުނީ ބަޔަކު އޭނަގެ ފިހާރަ ފަޅާލީ އުފަން ދުވަސް ފާހަގަކުރި ރޭ ކަމަށެވެ. އެހެންވެ އޭނަ ބުނީ "މިއީ ރަނގަޅު ބާތުޑޭ ގިފްޓެއް" ކަމަށެވެ.

އެކި ބާވަތުގެ ލަވަތަކަށް ނެށުމަށް ދިވެހިންގެ ތެރޭގައި މަޝްހޫރު ސުނީތާ އަލީގެ 46 ވަނަ އުފަން ދުވަސް އިއްޔެ ފާހަގަ ކުރަމުން ދިޔަ އިރު އޭނާ އަށް އާދަޔާޚިލާފު އުފަން ދުވަހުގެ ހަދިޔާއެއް ލިބިއްޖެ އެވެ.

ސޯޝަލް މީޑިއާގައި ސުނީތާ ކުރި ޕޯސްޓެއްގައި ބުނެފައި ވަނީ ރަނގަޅު ބާތުޑޭ ގިފްޓެއް ލިބިއްޖެ ކަމަށެވެ. އެއީ އޭނާގެ އަމިއްލަ އުފެއްދުންތައް ވިއްކުމަށް ޚާއްސަ ފިހާރަ ފަޅާލުމެވެ.

ސުނީ ސްޕެޝަލްގެ ނަމުގައި ހިންގާ ފިހާރަ އަންގާރަ ދުވަހު ނުހުޅުވަ އެވެ. އެއީ ސުނީތާގެ އުފަން ދުވަހެވެ. ފިހާރައިން ބައެއް ސާމާނު ވަގަށް ގެންދިއުމުގެ އިތުރުން ވަތްގަނޑު ހަލާކުކޮށްލައިގެން ފައިސާ ވެސް ވަނީ ވަގަށް ނަގައިފަ އެވެ. ފިހާރަ އިން ވައްކަން ކޮށްގެން ގެންދިޔައީ ކިހާ ފައިސާއެއް ކަމެއް ނޭނގެ އެވެ.

ފިހާރަ ފަޅާލި މައްސަލަ ފުލުހުންނަށް ރިޕޯޓްކޮށްފައިވެ އެވެ. އަދި އެ މައްސަލަ މިހާރު އަންނަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *