"ޖީ ލޭ ޒަރާ" ގެ ޝޫޓިން މި އަހަރު

"ޖީ ލޭ ޒަރާ" ގެ ޝޫޓިން މި އަހަރު

Author
ފާތިމަތު ނާވީ
31 މެއި 2024 10:17
0

ބޮލީވުޑްގެ އޭ ލިސްޓްގެ ތިން ތަރިން ލީޑުން ފެނިގެން ދާ ފިލްމް "ޖީ ލޭ ޒަރާ" ގެ ޝޫޓިން މި އަހަރުގެ ތެރޭގައި ފަށަން އަމާޒު ހިފާފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

މި ފިލްމް އަކީ ލީޑުން ކެޓްރީނާ ކައިފް އާއި އާލިއާ ބަޓް އަދި ޕްރިޔަންކާ ޗޯޕްރާ ފެނިގެންދާ ފިލްމްއެކެވެ. މިފިލްމް އަކީ އެކްޓަރު ފަރްހާން އަހްތަރު ޑައިރެކްޓް ކޮށް ގެނެސްދޭ ފިލްމްއެކެވެ. ފިލްމް އިއުލާން ކޮށްފައިވަނީ 2021 ވަނަ އަހަރުގައިއެވެ.

މި ފިލްމްގެ އިއުލާން ކުރި ނަމަވެސް ޝޫޓިން ފެށުމަށް މިހާރުވެސް ވަނީ ވަރަށް ލަސް ބޮޑުވެފައިއެވެ. އެކި އެކި ސަބަބު ތަކާއި ހެދި ފިލްމް ގެ ޝޫޓިން ލަސްވުމުން ބައެއް ނޫސްތަކުން ބުނެފައިވާ ގޮތުގައި މި ފިލްމް ގެ ލީޑަށް ވެސް މިހާރު ވަނީ ބަދަލު އައިސްފައިއެވެ. ނަމަވެސް ފިލްމް އުފައްދާ ފަރާތުން މިފަދަ ވާހަކައެއް މިހާތަނަށް ދައްކައިފައިއެއް ނުވެއެވެ.

 

View this post on Instagram

 

A post shared by Farhan Akhtar (@faroutakhtar)

އެ ފިލްމު އުފައްދާ އެކްސަލް އެންޓަޓައިންމަންޓާ ހަވާލާދީ ޕިންކްވިލާ އިން ބުނީ މި އަހަރުގެ އޮގަސްޓް މަހުގެ ތެރޭގައި ރަންވީރު ސިންގުގެ "ޑޮން 3″ ގެ މަސައްކަތް ފެށުމަށް ފަހު، މި އަހަރުގެ ނިމުމުގެ ކުރިން "ޖީ ލޭ ޒަރާ" ގެ މަސައްކަތް ފަށަން ވެސް ފަރުހާން ޕްލޭންކޮށްފައިވާ ކަމަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.