ރީތި ކަމުން ރޯލުތަށް ގެއްލުން: ސަންޖީދާ

ރީތި ކަމުން ރޯލުތަށް ގެއްލުން: ސަންޖީދާ

Author
ފާތިމަތު ނާވީ
30 މެއި 2024 04:30
0

މާ ރީތި ކަމަކީ ވެސް ބައެއް ފަހަރުގައި މީހެއްގެ ކެރިއަރަށް ހުރަސް އެޅިގެން ހިނގައިދާނެ ކަމެއް ކަމަށް ބަތަލާ ސަންޖީދާ ޝެއިޙް ގެ ވާހަކަތަކުން މިވަނީ ސާބިތު ކޮށްދީފައިއެވެ.

ސަންޖީދާ އާންމުންގެ ތެރެއަށް މަޝްހުރު ވެގެން ގޮސްފައިވަނީ ސިލްސިލާ ޑްރާމާ ތަކުންނެވެ. ވަރަށް ރީތި ބަތަލާ އެއްގެ ގޮދުގައި ފާހަގަ ކުރެވޭ ސަންޖީދާ އަކީ މިހާރު އާންމުކޮށް ފިލްމް ތަކުން ނޫނީ ވެބް ސީރީޒް ތަކުން ނޫނީ ނުފެންނަ ތަރިއެކެވެ.

 

View this post on Instagram

 

A post shared by Sanjeeda Shaikh (@iamsanjeeda)

މި ފަހުން ދިން އިންޓަވިއު އެއްގައި ސަންޖީދާ ބުނެފައިވަނީ އޭނާ މާ ބޮޑަށް ރީތި ކަމަށް ބުނެ ގިނަ ފިލްމް ތަކެއް ގެއްލުނު ކަމަށެވެ. ސަބަބީ އޭނާގެ ރީތި ކަމުގެ ސަބަބުން އެ ފިލްމް ގެ ރޯލަށް ފިޓް ނުވުން ކަމަށެވެ. އެގޮތަށް ކިތަންމެ ފިލްމް އެއް ގެއްލުނު ކަމަށާއި އެއީ ވަރަށް ދެރަވެސް ވީ ކަމެއް ކަމަށް އޭނާ ބުނެއެވެ.

ނަމަވެސް ހުރިހާ ކަމެއް ވެސް ވާނީ އެންމެ ރަނގަޅަށް ކަމަށް ގަބޫލު ކުރާ ކަމަށާއި އޭނާގެ ރީތިކަން އޭނާ އަށް ބަދަލު ނުކުރެވޭނެ ކަމަށް އޭނާ ވަނީ ބުނެފައިއެވެ. އަދި އޭނާ އަށް ކުޅެން ތަގުދީރުގައި ހުރި އެއްޗެއް ކުޅެވޭނެ ކަމަށާއި އޭނާގެ އަތް މަތީގައި އެއްވެސް ކަމެއް އެކަމުގައި ނެއް ކަމަށް ބުނެފައިއެވެ.

 

View this post on Instagram

 

A post shared by Netflix India (@netflix_in)

ސަންޖީދާ އެންމެ ފަހުން ފެނިގެން ގޮސްފައިވަނީ ސަންޖޭ ލީލާ ބަންސާލީ ނެޓްފްލިކްސް އަށް ހެދި "ހީރާމަންޑީ" އިންނެވެ. އޭނާ އެ ވެބް ސީރީޒް ގައި ކުޅެފައިވަނީ ބޮޑު އަންހެން ދަރިއެއްގެ މައެއްގެ ރޯލެވެ. އޭގައި އޭނާ ކުޅުނު ވަހީދާ ގެ ރޯލަކީ ގިނަ ބައެއްގެ ފަރާތުން އޭނާގެ އެކްޓިންގ އަށް ތައުރީފް ލިބިގެން ދިއަ ރޯލެކެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.