ސަންޖޭ ބުނަނީ "ލަވް އެންޑް ވޯ" ވަރަށް ތަފާތު ވާނެ ކަމަށް

ސަންޖޭ ބުނަނީ "ލަވް އެންޑް ވޯ" ވަރަށް ތަފާތު ވާނެ ކަމަށް

Author
ފާތިމަތު ނާވީ
30 މެއި 2024 04:27
0

ގިނަ ދުވަސްތަކެއް ފަހުން ސަންޖޭ ޑައިރެކްޓް ކުރުމަށް އިއުލާން ކޮށްފައިވާ ލޯބީގެ ފިލްމް "ލަވް އެންޑް ވޯ" އަކީ ވަރަށް ތަފާތު ފިލްމް އަކަށް ވެގެން ދާނެ ކަމަށް އޭނާ ބުނެފިއެވެ.

ސަންޖޭ އަކީ ބޮލީވުޑްގެ ވަރަށް ކާމިޔާބު ޑައިރެކްޓަރެކެވެ. އޭނާ އަކީ އާންމުކޮށް ސްޕަހިޓު ފިލްމް ތަށް ގެނެސްދިނުމަށް މަޝްހޫރު ޑައިރެކްޓަރެކެވެ. ސަންޖޭ ބުނީ އޭނާ މީގެ ކުރިން ހަދާފައިވާ ފިލްމުތަކާ މި ފިލްމު ވަރަށް ތަފާތު ވާނެ ކަމަށެވެ.

 

View this post on Instagram

 

A post shared by Vicky Kaushal (@vickykaushal09)

މި ފިލްމްގެ ކާސްޓުން ފެނިގެންދާނީ މިހާރު އެންމެ ނަން ހިނގާ ބޮލީވުޑްގެ ތަރިންނެވެ. މި ފިލްމްގެ ލީޑުން ފެނިގެންދާނީ ރަންބީރު ކަޕޫރު އާއި އޭނާ ގެ އަންހެނުން އާލިއާ ބަޓް ގެ އިތުރުން ހުންރުވެރި އެކްޓަރު ވިކީ ކޯޝަލްއެވެ. މި ފިލްމް އަކީ ރަންބީރުގެ ދެމަފިރިން އެކުގައި ކުޅޭ ދެވަނަ ފިލްމްއެވެ.

އަދި އާލިއާ އާއި އެކުގައި ރަންބީރުގެ ކުރީގެ ލޯބިވެރިއާ ބަތަލާ ކެޓްރީނާ ކައިފް ގެ ފިރިމީހާ މަސައްކަތް ކުރާ ފުރަތަމަ ފަހަރެވެ. މީގެ ކުރިން ވިކީ ވަނީ ރަންބީރު އާއި އެކުގައި މަސައްކަތް ކޮށްފައިއެވެ.

ފިލްމުފެއާ އަށް ދިން އިންޓަވިއުއެއްގައި އޭނަ ބުނީ މި ތިނެސްކަން ލޯބީގެ ފިލްމުގެ މަސައްކަތް ފަށަން ކެތްމަދުވެފައި ހުރި ކަމަށެވެ. އޭނަ ބުނި ގޮތުގައި "ލަވް އެންޑް ވޯ" ތަފާތުވާނެ އެންމެ މައިގަނޑު ކަމަކީ އާންމު ސްޓައިލާ މުޅިން ތަފާތު ފިލްމަކަށް މި މަސައްކަތްވުމެވެ.

 

View this post on Instagram

 

A post shared by Alia Bhatt 💛 (@aliaabhatt)

ބަންސާލީގެ އެންމެ ފަހުގެ ފިލްމަކީ އާލިއާއާ އެކީ ގެނެސްދިން 2022 ގެ "ގަންގޫބާއީ ކަތިއަވާޅީ" އެވެ. އަދި އޭނަގެ އެންމެ ފަހުގެ މަސައްކަތަކީ ނެޓްފްލިކްސްގައި ބެލުންތެރިންގެ ހިތް އަތުލަމުން އަންނަ ވެބް ސީރީޒް "ހީރާމަންޑީ: ދަ ޑައިމަންޑް ބާޒާރު" އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.