ބިޕާޝާ ފޮތެއް ނެރެނީ

ބިޕާޝާ ފޮތެއް ނެރެނީ

Author
ފާތިމަތު ނާވީ
29 މެއި 2024 08:12
0

އަމިއްލަ ހަޔާތުގެ މައްޗަށް ބޮލީވުޑްގެ ބަތަލާ ބިޕާޝާ ބާސޫ ފޮތެއް ލިޔަން ފަށައިފި އެވެ.

އަމިއްލަ ނަސުފަށް އޮންނަ އިތުބާރާއި ދިރިއުޅުމާ ދޭތެރޭ ޕޮޒިޓިވްކޮށް ދެކުމާ ގުޅޭ ގޮތުން ލިޔާ ފޮތް ނެރެން ހަމަޖެހިފައި ވަނީ އަންނަ އަހަރު އެވެ. އޭނާ މި ފޮތް ލިޔުމުގެ މަސައްކަތް ކުރަމުން އަންނަ ކަން މިހާރު ވަނީ ހާމަ ކޮށްފައިއެވެ.

ނަން އަދި އިއުލާން ނުކުރާ މި ފޮތް ނެރެން ނިންމާފައި ވަނީ ޕަބްލިޝިން ހައުސްއެއް ކަމަށްވާ ސަންޕްލާވާ ސީޑްސް އެންޑް އެލް ވެންޗާސްއާ ގުޅިގެންނެވެ. މީ ވަރަށް ގިނަ ކަންތަށް ތަކެއް އޭނާގެ ހަޔާތާއި ބެހޭ ގޮތުން އެނގިގެން ދާނެ ފޮތެއް ކަމަށްވެއެވެ.

ބޮލީވުޑްގައި މާބޮޑު ކާމިޔާބެއް ހޯދިފައި ނުވާ ބިޝާޕާ އަކީ 2016 ގައި ކައިވެނި ކުރި ފަހުން ބޮލީވުޑުން ގެއްލިފައިވާ ބަތަލާއެކެވެ. އޭނާ ކައިވެނި ކޮށްފައިވަނީ އެކްޓަރު ކަރަން ސިންގް ގްރޯވާ އާއިއެވެ. އަދި އެދެމަފިރިން ނަށް ވަނީ މިހާރު ކުއްޖަކުވެސް ލިބިފައިއެވެ.

 

View this post on Instagram

 

A post shared by Bipasha Basu (@bipashabasu)

45 އަހަރުގެ ބަތަލާ ކުޅެފައިވާ ބައެއް ފިލްމް ތަކުގެ ތެރޭގައި "އަޖްނަބީ،" "ރާޒް"، "ޖިސްމު"، ފަދަ ފިލްމް ތަށް ފާހަގަ ކޮށްލެވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.