"ސްޓާޑަމް"ގެ ޝޫޓިން ނިންމާލައިފި

"ސްޓާޑަމް"ގެ ޝޫޓިން ނިންމާލައިފި

Author
ފާތިމަތު ނާވީ
30 މެއި 2024 09:08
0

ބޮލީވުޑްގެ ސްޕަސްޓާރު ޝާހުރުކް ހާން ގެ ފިރިހެން ދަރިފުޅު ގެނެސްދޭ ވެބް ސީރީޒް "ސްޓާޑަމް" ގެ ޝޫޓިން ނިންމާލައިފި އެވެ.

އުމުރުން 25 އަހަރުގެ އާރްޔަން ލިޔެ، ޑައިރެކްޓްކުރާ މި ސީރީޒްގެ ޝޫޓިން ނިންމާލުން ފާހަގަ ކުރުމަށް ވަނީ ޕާޓީއެއް ބާއްވާފަ އެވެ. މި ޕާޓީގެ އާރްޔަން ކޭކެއް ފަޅާ މަންޒަރު ފެންނަ ވީޑިއޯއެއް ސޯޝަލް މީޑިއާގައި ވަނީ ވައިރަލްވެފައިއެވެ.

ބޮލީވުޑްގެ އޭ ލިސްޓްގެ ގިނަ ތަރިންތަކެއްވެސް ހިއްސާވާ މި ވެބް ސީރީޒް އަކީ އާރިޔާން ގެ ކެރިއަރުގެ ފެށުމެވެ. ބައްޕަ ޝާހު އާއި ހިލާފަށް އާރިޔާން ބޭނުންވަނީ ކެމެރާ ފުރަގަހުގައި މަސައްކަތް ކުރާށެވެ. މީ އޭގެ ބިންގަލެވެ.

 

View this post on Instagram

 

A post shared by Aryan Khan (@___aryan___)

ބޮލީވުޑް އިންޑަސްޓްރީގެ ވާހަކަތަކެއް ކިޔައިދޭނެ 6 އެޕިސޯޑްގެ މި ސީރީޒްގެ ފަހު ޝޫޓިން ޝެޑިއުލް ވަރަށް އަވަހަށް މުމްބާއީގެ ނަރިމަން ޕޮއިންޓްގައި ކުރިއަށް ގެންދާނެ ކަމަށް ވެއެވެ.

ނަން ފިޔަވާ މި ވެބް ސީރީޒް އާއި ގުޅޭ އެއްވެސް މައުލުމާތެއް ހާމަކޮށްފައި އެއް ނުވެއެވެ. އަދި މި ސީރީޒް އިން ފެނިގެންދާނެ ތަރިން ނަކީ ކޮބައި ކަމެއް ވެސް މިހާތަނަށް ހާމަކޮށްފައިއެއް ނުވެއެވެ.

އާރިޔާންގެ ވެބް ސީރީޒް ގެ ޝޫޓިން ނިމޭ އިރުގައި މީގެ ޕްރޮޑިއުސަރަކީ އޭނާގެ ބައްޕައެވެ. ޝާހުގެ ރެޑް ޗިލީ އެންޓަޓައިންމެންޓެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.