ރަންބީރު ދެމަފރިންގެ އާ ފިލްމުގެ ޝޫޓިން ނޮވެމްބަރުގައި

ރަންބީރު ދެމަފރިންގެ އާ ފިލްމުގެ ޝޫޓިން ނޮވެމްބަރުގައި

Author
ފާތިމަތު ނާވީ
29 މެއި 2024 09:44
0

ބޮލީވުޑްގެ މަޝްހޫރު ދެ ތަރިން ކަމުގައިވާ ރަންބީރު ކަޕޫރު އާއި އާލިއާ ބަޓް ގެ ކުރިއަށް އޮތް ފިލްމްގެ ޝޫޓިން އަންނަ ނޮވެމްބަރު މަހުގެ ފަށަން ހަމަޖެހިފައިވާކަމަށް ހަބަރުތަށް ބުނެފިއެވެ.

ސަންޖޭ ލީލާ ބަންސާލީ ޑައިރެކްޓްކުރަން ހަމަޖެހިފައިވާ މި ފިލްމް އަކީ ރަންބީރް ކަޕޫރާއި އާލިއާ ބަޓް އެކީގައި ކުޅެން ހަމަޖެހިފައިވާ ދެވަނަ ފިލްމު "ލަވް އެންޑް ވޯ"  އެވެ. މި ފިލްމްގެ މުހިންމު ރޯލަކުން ވިކީ ކޯޝަލް ވެސް ފެނިގެން ދާނެއެވެ.

ރަންބީރާއި އާލިއާގެ ފުރަތަމަ ފިލްމަކީ 2022 ގެ "ބުރައްމަސްތުރާ" އެވެ. އެ ފިލްމް އަކީ ބޮކްސް އޮފީހުގައި ގިނަ ރެކޯޑް ތަކެއް މުގުރައިލި ވަރަށް ކާމިޔާބު ފިލްމްއެކެވެ.

ދެ ތަރިން "ލަވް އެންޑް ވޯ" އަށް ތައްޔާރުވާ އިރު، ރަންބީރް މިހާރު އަންނަނީ ޑައިރެކްޓަރު ނިތޭޝް ތިވާރީގެ "ރާމާޔަން" ގެ މަސައްކަތް ކުރަމުންނެވެ. މި ފިލްމް އަކީ ރަންބީރު އާއި އެކުގައި ސައުތުގެ މަޝްހޫރު ބަތަލާ ސައި ޕައްލަވީ ފެނިގެންދާނެ ފިލްމްއެކެވެ.

އަހަރުގެ ފަހުކޮޅަށް "ލަވް އެންޑް ވޯ" ގެ ޝޫޓިން ފަށަން ތާވަލުކޮށްފައިވާ އިރު، އާލިއާ ސޮއިކޮށްފައި އޮތް ޔާޝްރާޖް ފިލްމްސް (ވައިއާރްއެފް) ގެ ސްޕައި-ޔުނިވާސްގެ ފިލްމުގެ ޝޫޓިން ވެސް ފަށަން އޮތީ އަހަރުގެ ފަހުކޮޅު އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.