އެޗްޕީއޭގެ އެންގުންތަކާއި ޚިލާފުވާ ފަރާތްތަކަށް ބޮޑު ޖޫރުމަނާއެއް

އެޗްޕީއޭގެ އެންގުންތަކާއި ޚިލާފުވާ ފަރާތްތަކަށް ބޮޑު ޖޫރުމަނާއެއް

Author
މުޙައްމަދު ޝަޒައިމް
21 ޑިސެމްބަރ 2020 07:23
0

އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލާތުގައި ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތް އަންގާ އެންގުތުންކާއި ހިލާފުވާ ފަރާތްތަކާއި މެދު ފިޔަވަޅު އެޅުމުގައި އަމަލު ކުރާނެ އުސޫލު އާއްމުކޮށްފިއެވެ.

މި އުސޫލުގައި ބުނާ ގޮތުން އެންގުންތަކަށް ތަބާނުވާނަމަ ބޮޑު ޖޫރިމަނާއެއް އަންނާނެ އެވެ. އުސޫލަށް އަމަލު ކުރާނީ ކޯވިޑް-19 އާ ގުޅިގެން ދިވެހިރާއްޖޭގައި އިއުލާނު ކޮށްފައިވާ އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތު، ނުވަތަ ޢާންމު ޞިއްޙަތުގެ ކުއްލި ނުރައްކަލުގެ ހާލަތުގ ޤާނޫނަށް ޢަމަލުކުރަން ފެށުމަށްފަހު، ކޯވިޑް-19 އާ ގުޅިގެން ދިވެހިރާއްޖޭގައި އިޢުލާނުކުރާ އެނޫންވެސް ކުއްލި ނުރައްކަލުގެ ހާލަތެއް ނުވަތަ ކާރިސާގެ ހާލަތެއް ނިމުމަކަށް ގެންނަތާ 60 ދުވަސް ހަމަވާ ތާރީހުގެ ނިޔަލަށް ކަމަށެވެ.

އައު އުސޫލު ބުނާ ގޮތުން ޑިރެކްޓަރު ޖެނެރަލް އޮފް ޕަބްލިކް ހެލްތް އަންގާ އެންގުންތަކަށް އާންމު ފަރުދަކު ތަބާނުވެއްޖެނަމަ ފުރަތަމަ ފަހަރު 1،000 ރުފިޔާއިން ދެވަނަ ފަހަރު 3،500 ފަހަރު އަދި ތިންވަނަ ފަހަރު 7،500 ރުފިޔާއިން ޖޫރިމަނާ ކުރާނެ އެވެ. އަދި އެންގުމާއި ހިލާފުވާ ހަތަރުވަނަ ފަހަރުން ފެށިގެން ކޮންމެ ފަހަރަކު 10،000 ރުފިޔާއިން ޖޫރިމަނާ ކުރެވޭނެ ކަމަަށް އުސޫލުގައިވެއެވެ.

ޑިރެކްޓަރު ޖެނެރަލް އޮފް ޕަބްލިކް ހެލްތް އަންގާ އެންގުންތަކަށް ގާނޫނީ ޝަހުސަކުން އަމަލުނުކޮށްފިނަމަ އެންގުމާއި ހިލާފުވާ ފުރަތަމަ ފަހަރު 5،000 ރުފިޔާއިން ދެވަނަ ފަހަރު 25،000 ފަހަރު އަދި ތިންވަނަ ފަހަރު 50،000 ރުފިޔާއިން ޖޫރިމަނާ ކުރާނެ އެވެ. އަދި އެންގުމާއި ހިލާފުވާ ހަތަރުވަނަ ފަހަރު 75،000 ރުފިޔާއިން ޖޫރިމަނާ ކުރެވޭނެ އެވެ. އަދި އެންގުމާއި ހިލާފުވާ ފަސްވަނަ ފަހަރުން ފެށިގެން ކޮންމެ ފަހަރަކު 100،000 ރުފިޔާއިން ޖޫރިމަނާ ކުރެވޭނެ ކަމަަށް އުސޫލުގައިވެއެވެ.

އެ އުސޫލުގައި ވަނީ އެ ހާލަތުގައި ބަލި ފެތުރުން ކޮންޓްރޯލް ކުރުމަށްޓަކައި ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތް އަންގާ އެންގުންތަކަށް އިޙުތިރާމްކޮށް، އެ ނުރައްކާތެރިކަން ކޮންޓްރޯލު ކުރުމަށް ނުވަތަ ގައިން ގަޔަށް އަރާ ބަލި ކޮންޓްރޯލު ކުރުމަށް ކުރެވެމުންދާ މަސައްކަތަށް، ކޮންމެ މީހަކު ވެސް އެއްބާރުލުން ދޭންވާނެ ކަމަށެވެ.

އަދި މި ހާލަތުގައި ބަލިފެތުރުން ކޮންޓްރޯލް ކުރުމަށް އަންގާ އެންގުމަކަށް މީހަކު ހުރަސްއަޅައިފި ނަމަ ނުވަތަ އަމަލު ނުކޮށްފި ނަމަ، އެ ފަރާތަކުން އެ ކުރަނީ ކުށެއް ކަމަށް އެސޫލުގައި ވެއެވެ. އުސޫލު ބުނާ ގޮތުން ޑިރެކްޓަރު ޖެނެރަލް އޮފް ޕަބްލިކް ހެލްތް ބޭނުންވެއްޖެނަމަ އެންމެ ބޮޑު އަދަދުންވެސް ޖޫރިމަނާ ކުރުމުގެ އިހުތިޔާރު އޮވެއެވެ. ނަމަވެސް އެއީ ވަކި އެންގުންތަކަށް ތަބާނުވާނަމަ އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.