ފްރާންސްއިން ރާއްޖެއަށް ކަނޑައަޅާފައިވާ ސަފީރު އަވަހާރަވުމާ ގުޅިގެން ފަރަންސޭސި ރައީސަށް ރައީސް ތަޢުޒިޔާ ވިދާޅުވެއްޖެ

ފްރާންސްއިން ރާއްޖެއަށް ކަނޑައަޅާފައިވާ ސަފީރު އަވަހާރަވުމާ ގުޅިގެން ފަރަންސޭސި ރައީސަށް ރައީސް ތަޢުޒިޔާ ވިދާޅުވެއްޖެ

Author
ހުސައިން
27 މެއި 2024 09:39
0

ފްރާންސް ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައިވާ ސަފީރު ޖޯން-ފްރަންސުއާ ޕަކްތެތް އަވަހާރަވުމާ ގުޅިގެން ފަރަންސޭސިވިލާގެ ރައީސް އެމަނުއެލް މެކްރޮންއަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ތަޢުޒިޔާގެ މެސެޖެއް ފޮނުއްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި މެސެޖުގައި، ސަފީރު ޕެކްޓޭއަކީ ދިވެހިރާއްޖެއާއި ފަރަންސޭސިވިލާތާ ދެމެދު އޮތް ގާތް ގުޅުން އިތުރަށް ބަދަހިކުރެއްވުމަށް ކެނޑިނޭޅި މަސައްކަތް ކުރެއްވި ޢިއްޒަތްތެރި ޑިޕްލޮމެޓެއްގެ ގޮތުގައި ފާހަގަކުރެއްވިއެވެ. އަދި އެމްބެސެޑަރ ޕެކްޓޭގެ ޚިދުމަތުގެ އަގު އަބަދުވެސް ވަޒަންކުރާނެ ކަމަށްވެސް ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ މެސެޖު ނިންމަވާލައްވާފައިވަނީ ސަފީރު ޖޯން-ފްރަންސުއާގެ ޢާއިލާއާ އެޤައުމުގެ ރައްޔިތުންނަށް ދިވެހިސަރުކާރާ ރައްޔިތުންގެ ނަމުގައި ތަޢުޒިޔާ ވިދާޅުވަމުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.