މިއަހަރުގެ ނޯބްލް ޕީސް ޕްރައިޒް 'ވާރލްޑް ފުޑް' ޕްރޮގްރާމަށް

މިއަހަރުގެ ނޯބްލް ޕީސް ޕްރައިޒް 'ވާރލްޑް ފުޑް' ޕްރޮގްރާމަށް

ގުޅުންހުރި

މިއަހަރުގެ ދުނިޔޭގެ ސުލްހައިގެ އިނާމު ޔޫއެންގެ 'ވާލްޑް ފުޑް ޕްރޮގްރާމް' (WFP) އަށް ދޭގޮތަށް ނޯވޭގެ ނޯބްލް ކޮމިޓީން ނިންމައިފއެވެ.

އެކޮމިޓީއިން މިއަހަރުގެ ނޯބްލް ޕީސް ޕަރައިޒް މިޖަމްއިއްޔާއަށް ދިނުމަށް ނިންމާފައި މިވަނީ ދުނިޔޭގެ ބަޑުހައި ހޫނުކަމާއި ދެކޮޅަށް އެޕްރޮގްރާމުން ކުރަމުންދާ މަސައްކަތްތައް ފާހަގަ ކުރުމުގެ ގޮތުންނާއި އަދި ދުނިޔޭގައި ހަމަނުޖެހުން ހިގަމުންދާ ސަރަހައްދު ތަކުގައި ސުލްހަ ގާއިމްކުރުމަށް ކުރެވޭ މަސައްކަތްތަކަށް މަގުފަހިކުރުމަށް އެޕްރޮގްރާމުން ވެދެއްވާ އެހީތެރިކަން ފާހަގަކޮށް ހިތްވަރު ދިނުމުގެ ގޮތުންނެވެ.

ދުނިޔޭގައި އޮތް އިންސާނީ އެހީތެރިކަން ފޯރުކޮށްދޭ އެންމެ ބޮޑު ޖަމްއިއްޔާއާއި މިއަދުވަނީ ނޯވޭގެ އޮސްލޯގައި މިއިނާމް ހަވާލު ކޮށްފައެވެ. މި އިނާމް އެ ޖަމްއިއްޔާއި ހަވާލުކުރަމުން ނޯބްލް ކޮމިޓީން ފާހަގަަ ކޮށްވާފައިވާ ގޮތުގައި، 'ބަޑުހައި ހޫނުކަން' ހަމަނުޖެހުންތަކާއި ހަގުރާމައިގެ ހަތިޔާރެއްގެ ގޮތުގައި ބޭނުން ކުރެވިގެން ދިޔަ ނުދިނުމަށްޓަކާ ކުރެވޭ މަސައްކަތުގެ އެންމެ ބޮޑު ބައިވެރިއަކީ ޔޫންއެންގެ ވާލްޑް ފުޑް ޕްރޮގްރާމްއެވެ. އަދި ބަޑުހައި ހޫނުކަމާއި ދެކޮޅަށް އެޖައިމްއިއްޔާ ކުރަމުންދާ ހަގުރާމަ އެ ކޮމިޓީން ވަނީ ފާހަގަ ކޮށްފައެވެ.

ނޯބްލް ޕީސް ޕަރައިޒް ހަވާލު ކުރުމަށް މިއަދު ބޭއްވުނު ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ނޯބްލް ކޮމިޓީގެ ޗެއަރމަން ބެރިޓް ރެއިސް އެންޑަސަން ވަނީ ދުނިޔެއަށް ކުރިމަތިވެފައިވާ ކޯވިޑް ކާރިސާގެ ސަބަބުން ކާބޯތަކެތި ފޯރުކޮށްދިނުމުގައި ކުރިމަތިވަމުންދާ ގޮންޖެހުންތައް ފާހަކަ ކުރައްވާފައެވެ. އަދި ސިޔާސީ ފަރާތްތަކުގެ އަމިއްލަ މަސަލަހަތު އިސްކުރުމުގެ ސަބަބުން މި ގޮޮންޖެހުންތަކުގެ އަސަރުތައް އިތުރަށް ގޯސްވެގެން ގޮސްފައިވާ ކަމަށް ވިދާޅުވެ ވަނީ ފާޑު ވިދާޅުވެފައެވެ.

ޔޫއެންގެ 'ވާރލްޑް ފުޑް ޕްރޮގްރާމް' އުފެދިފައިވަނީ 1961 ވަނަ އަހަރުއެވެ. އުމުރުން 59 އަހަރު ވެފައިވާ މިޖަމްއިއްޔާއިން މިއަދުވެސް ދަނީ ދުނިޔޭގެ 100 މިލިއަނަށްވުރެ ގިނަ މީހުންނަށް ކާބޯތަކެތި ފޯރުކޮށްދެމުންނެވެ.

މިއަހަރުގެ ދުނިޔޭގެ ސުލްހައިގެ އިނާމް މިޖަމްއިއްޔާއަށް ލިބުމާއި ގުޅިގެން ޖަމްއިއްޔާއިން ކުރި ޓްވީޓެއްގައި ބުނެފައިވަނީ މި އިނާމް ލިބިގެން ދިޔަ ކަމަށްޓަކާ ޝުކުރު އަދާކުރާ ކަމަށާއި އަދި މިއީ އެޖަމްއިއްޔާގެ ތާރީޚުގައި ލިބިގެން ދިޔަ ބޮޑު ޝަރަފެއް ކަމުގައެވެ. އަދި އެ ޖަމްއިއްޔާއަށް މި އިނާމް ލިބިގެން ދިޔަ ދިއުމުން ލިބިގެންދާ ވަރުގަދަ މެސެޖަކީ ބަޑުހައި ހޫނުކަން ނައްތާނުލެވި ދުނިޔެއަށް ސުލްހަ ނުގެނެވޭނެ ކަމުގެ މެސެޖް ކަމުގައިވެސް  ޓުވީޓުގައި ބުނެފައި ވެއެވެ.

މިއަހަރުގެ މިއިނާމަށް 'ވާލްރޑް ފުޑް ޕްރޮގްރާމް’އާއި އެންމެ ގާތުން ވާދަކޮށްފައިވާ ފަރާތްތަކުގެ ތެރޭގައި ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާ 'ވާރލްޑް ހެލްތު އޯގަނިޒޭޝަން' (WHO)ގެ ޑިރެކްޓަރ ޖެނެރަލް ޑރ. ޓެޑްރޯސް ހިމެނެއެވެ.

ނޯބްލް ޕީސް ޕްރައިސްއަކީ ދުނިޔޭގެ ސުލްހައަށް މަސައްކަތް ކުރާ ފަތާތްތަކާއި، ދުނިޔޭގެ އެކި ސަރަހައްދުތަކުގައި ހިނގަމުންދާ ހަމަނުޖެހުންތައް ނައްތާލުމާއި އަދި ދޭދޭ ގައުމުތަކުގެ މެދުގައި ގުޅުން ގާއިމްކުރުމަށް ކުރެވޭ މަސައްކަތައް ފާހަގަ ކުރުމުގެ ގޮތުން ދުނިޔޭގައި މިވަގުތު ދެވޭ އެންމެ ޝަރަފްވެރި އިނާމެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *