އިތުރު ރިސޯޓެއްގައި މޫދަށް އެރި އުޅުނު ޓޫރިސްޓަކު ވެސް މަރުވެއްޖެ

އިތުރު ރިސޯޓެއްގައި މޫދަށް އެރި އުޅުނު ޓޫރިސްޓަކު ވެސް މަރުވެއްޖެ

Author
އަހުމަދު
24 މެއި 2024 06:09
0

އއ. ގަންގެހި ރިސޯޓުގައި މޫދަށް އެރި އުޅުނު ޓޫރިސްޓަކު ވެސް މަރުވެއްޖެއެވެ.

ފުލުހުން ބުނީ އއ. އަތޮޅު ރިސޯޓެއްގައި މޫދަށް އެރި އުޅެނިކޮށް ފަތުރުވެރިއަކު ހަބަރު ހުސްވެގެން އުޅޭ ކަމުގެ ރިޕޯޓު ލިބުނީ އިއްޔެ ހެނދުނު 10:30 ހާއިރު ކަމަށެވެ. އެމީހާ އ. މަތިވެރި ހެލްތު ސެންޓަރަށް ގެންދިޔަ އިރު ވެސް މަރުވެފައިވާ ކަމަށް ފުލުހުން ބުނެފައިވެއެވެ.

މަރުވެފައި ވަނީ އުމުރުން 34 އަހަރުގެ ޗައިނާ ފަތުރުވެރިއެކެވެ.

ގަންގެހި ރިސޯޓުގައި މޫދަށް އެރި އުޅުނު ފަތުރުވެރިއަކު މަރުވި އިރު، މިއަދު ކ. ފިހާޅޮހި ރިސޯޓުން ސްނޯކްލިން އަށް ދިޔަ ފަތުރުވެރިއަކު ވެސް ވަނީ މަރުވެފައެވެ.  މަރުވެފައި ވަނީ އުމުރުން 67 އަހަރުގެ ރަޝިއާ ފަތުރުވެރިއެކެވެ.

އިއްޔެ ރިސޯޓެއްގައި މޫދަށް އެރި އުޅުނު ފަތުރުވެރިއަކު ސަލާމަތް ކުރަން އުޅުނު ދިވެހި މުވައްޒަފަކު ވަނީ ގެނބިގެން މަރުވެފައެވެ. އެ ހާދިސާގައި ގެނބުނު ފަތުރުވެރިޔާ ސަލާމަތްވިއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.