ސްނޯކްލިންއަށް ދިޔަ ފަތުރުވެރިއަކު ގެނބިގެން މަރުވެއްޖެ

ސްނޯކްލިންއަށް ދިޔަ ފަތުރުވެރިއަކު ގެނބިގެން މަރުވެއްޖެ

Author
އަހުމަދު
24 މެއި 2024 03:54
0

ފިހާޅޮހި އައިލެންޑް ރިސޯޓް ކައިރިއަށް ސްނޯކްލިން އަށް ދިޔަ ފަތުރުވެރިއަކު ގެނބިގެން މަރުވެއްޖެއެވެ.

ފުލުހުން މިއަދު ބުނީ ފިހާޅޮހި ރިސޯޓު ކައިރިއަށް ސްނޯކްލިން އަށް ފޭބި ފަތުރުވެރިއަކު ގެނބިގެން އޭޑީކޭ އަށް ގެންދާ ކަމަށް މިއަދު 11:30 ހާއިރު ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ކަަމަށެވެ. އަދި އޭޑީކޭ އަށް ގެންދިޔަ އިރު ވެސް މަރުވެފައިވާ ކަމަށް ފުލުހުން ބުނެފައިވެއެވެ.

މަރުވެފައި ވަނީ ރަޝިއާގެ އުމުރުން 67 އަހަރުގެ ފިރިހެނެކެވެ.

މި ހާދިސާއާ ގުޅިގެން ބަލަން ޖެހޭ ކަންކަން ބަލަމުން އަންނަ ކަމަށް ފުލުހުން ބުންޏެވެ.

ރިސޯޓެއްގައި ގެނބުނު ފަތުރުވެރިއަކު ސަލާމަތް ކުރަން ދިޔަ ދިވެއްސަކު އިއްޔެގައި ވަނީ މަރުވެފައެވެ. މި ހާދިސާގައި ގެނބުނު ފަތުރުވެރިޔާ ވަނީ ސަލާމަތްވެފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.