"މުންޖިއާ" ޖޫން 7 ގައި

"މުންޖިއާ" ޖޫން 7 ގައި

Author
ފާތިމަތު ނާވީ
24 މެއި 2024 03:58
0

ހޮރޯ-ކޮމެޑީ "އިސްތިރީ" ގެނެސްދިން ޓީމުން އެ ޖޯންރާގެ މުޅިން އާ ފިލްމެއް އަންނަ މަހު ބެލުންތެރިންނަށް ގެނެސްދޭން ނިންމައިފި އެވެ.

މި ފިލްމް ގެނެސްދިނުމަށް ތާވަލު ކޮށްފައިވަނީ އަންނަ ޖޫން މަހުގެ 7 ވަނަ ދުވަހަށެވެ. މި ފިލްމް އަކީ ބެލުންތެރިންގެ މެދުގައި ވަރަށް ބޮޑު މަގުބޫލު ކަމެއް ހޯދި ބިރުވެރި ފިލްމް "އިސްތިރީ" ގެނެސްދިން ޓީމުން ގެނެސްދޭ ވަރަށް ތަފާތު ފިލްމްއެކެވެ.

މި ފިލްމްގެ ޓީޒާ އެއް މިހާރު ދައްކައިލައިފައިވާ އިރުގައި ތަފާތު ވާނެކަން ފެނިގެން ދެއެވެ. މި ފިލްމްގެ ލީޑުން ފެނިގެންދާނީ ސީޖީއައި ބޭނުންކޮށްގެން އުފައްދާފައިވާ ބިރުވެރި ކެރެކްޓާއެކެވެ.

 

View this post on Instagram

 

A post shared by Maddock Films (@maddockfilms)

އަދިތިއާ ސަރްޕޯޓްދަރު ޑައިރެކްޓްކޮށްފައިވާ ފިލްމުގެ ކާސްޓްގައި ވަރަށް ހުނަރުވެރި ތަރިންތަކެއް ހިމެނެއެވެ. އެގޮތުން ޝަރުވާރީ ވާގް، މޯނާ ސިންގް، އަބޭ ވަރުމާ އަދި ސަތިއަރާޖް ހިމެނެ އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.