ޑރ.އަލީ ނަސީރު، ސަފީރުކަމުގެ ފަތްކޮޅު އަރުވައިފި

ޑރ.އަލީ ނަސީރު، ސަފީރުކަމުގެ ފަތްކޮޅު އަރުވައިފި

ގުޅުންހުރި

އދ. އަށް ކަނޑައެޅުއްވި ރާއްޖޭގެ ދާއިމީ މަންދޫބު ޑރ. އަލީ ނަސީރު މުޙައްމަދު އެމަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު އދ. ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓެރޭސްއަށް އަރުވައިފި އެވެ.

އަލީ ނަސީރު ސަފީރު ކަމުގެ ފަތްކޮޅު އެރުވީ ނިއުޔޯކްގައި ހުންނަ އދ.ގެ މައި އޮފީހުގައި މިއަދު އޮތް ރަސްމިއްޔާތެއްގަ އެވެ.

ހާރީޖީ ދާއިރާއާ މެއި 1985ގައި ގުޅިވަޑައިގެންނެވި އަލީ ނަސީރު ވަނީ ފޮރިން މިނިސްޓްރީގެ އެކި މަގާމުތައް ފުރުއްވާފަ އެވެ. އެގޮތުން ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ވެސް އޭނާ ވަނީ އދ.ގެ ސަފީރުކަމުގެ މަގާމު ފުރުއްވާފަ އެވެ.

އޭގެ ކުރިން، އެ ސަރުކާރުގައި ފޮރިން ސެކެޓްރީގެ މަގާމު ވެސް ފުރުއްވި އެވެ. އަދި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރުގައި ފޮރިން މިނިސްޓްރީގެ މަލްޓިލެޓްރަލް ސެކެޓްރީގެ މަގާމު ވެސް ފުރުއްވި އެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ