ސަންޖޭ "ވެލްކަމް ޓު ދަ ޖަންގަލް" ދޫކޮށްލައިފި

ސަންޖޭ "ވެލްކަމް ޓު ދަ ޖަންގަލް" ދޫކޮށްލައިފި

Author
ފާތިމަތު ނާވީ
23 މެއި 2024 01:28
0

ބޮލީވުޑްގެ ހުނަރުވެރި އެކްޓަރު ސަންޖޭ ދަތު " "ވެލްކަމް ޓުދަ ޖަންގަލް"، ދޫކޮށްލައިފި އެވެ.

މި ފިލްމް ރަސްމީކޮން އިއުލާން ކޮށް އޭގެ ޕޯސްތަރު ދައްކައިލި އިރުގައި ސަންޖޭވެސް ޕޯސްޓަރުގައި ހުއްޓެވެ. ނަމަަވެސް ހެއްވާ މަޖާ ފްރެންޗައިޒް "ވެލްކަމް" ގެ 3 ވަނަ ފިލްމް "ވެލްކަމް ޓު ދަ ޖަންގަލް" އޭނާ މިހާރު ވަނީ ދޫކޮށްލައިފައިއެވެ.

މި ފިލްމް އޭނާ ދޫކޮށްލާފައި ވަނީ ފިލްމުގެ ސްކްރިޕްޓާ ދޭތެރޭ ހިތްހަމަނުޖެހިގެންނާއި ފިލްމަށް ވަގުތު ނުދެވޭނެތީ ކަމަަށް މައުލޫމާތު ލިބެ އެވެ. ނަމަވެސް މިކަމާއި ގުޅިގެން އަދި ރަސްމީ ފަރާތަކުން އެއްޗެއް ބުނެފައިއެއް ނުވެއެވެ.

 

View this post on Instagram

 

A post shared by Akshay Kumar (@akshaykumar)

ބޮޑު ކާސްޓެއް ހިމެނޭ މި ފިލްމްގެ ކާސްޓުގައި އަކްޝޭ ކުމާރުގެ އިތުރުން ރަވީނާ ޓަންޑަން، ސުނިލް ޝެޓީ، ޑިޝ ޕަޓާނީ، އަރުޝަދު ވަރްސީ، ޖެކްލިން ފެނަންޑޭޒް،  ޕަރޭޝް ރާވަލް، ތުޝާރު ކަޕޫރް، ޖޯނީ ލީވާ، ރާޖްޕަލް ޔާދާވް، ޝްރެޔަސް ތަލްޕަޅޭ، ކްރުޝްކާ އަބީޝެކް، ކިކީ ޝްރަދާ، ލާރާ ދައްތާ، ޝާރިބު ހާޝިމީ، މުކޭޝް ތިވާރީ އަދި ޒާކިރު ހުސައިން ވެސް ހިމެނެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.