ކެޓްރީނާ ބަނޑުބޮޑުކަމުގެ އަޑުތައް ގަދަވެއްޖެ

ކެޓްރީނާ ބަނޑުބޮޑުކަމުގެ އަޑުތައް ގަދަވެއްޖެ

Author
ފާތިމަތު ނާވީ
23 މެއި 2024 12:55
0

ބޮލީވުޑްގެ ކާމިޔާބު ބަތަލާ ކެޓްރީނާ  ކައިފް ބަނޑުބޮޑުކަމުގެ އަޑުތައް ގަދަވެއްޖެ އެވެ.

މިވާހަކަތަށް މިހާބޮޑަށް ދެކެވެން ފަށާފައި މިވަނީ މިހާރު ކެޓްރީނާ އާއި އޭނާގެ ފިރިމީހާ ވިކީ ކޯޝަލް ލަންޑަންގެ މަގެއްގެ މަތިން ހިނގާފައިދާ ފޮތޯތަކެއް ވައިރަލް ވުމާއި ގުޅިގެނެނެވެ. މި ވަގުތު އެތަރިން ދަނީ ލަންޑަން ގައި ޗުއްޓީ ހޭދަކުރަމުންނެވެ.

މި ވީޑިއޯގައި ކެޓްރީނާ ހުންނަނީ ވަރަށް ދޫކޮށް ހުރި ބޮޑު ޖެކެޓެއް ލައިގެންނެވެ. އަދި އޭނާ ހިނގާފައި ދާގޮތުން ބަނޑުބޮޑު ކަމަށް ވަރަށް ބެލެވެއެވެ. އަދި ދީޕިކާ އަށް ވުރެ ކެޓްރީނާގެ ބަނޑު ބޮޑުކަމަށް ވެސް ގިނަ ބަޔަކު ވަނީ މި ވީޑިއޯގައި ބުނެފައިއެވެ.

 

View this post on Instagram

 

A post shared by Instant Bollywood (@instantbollywood)

ކެޓްރީނާ އާއި ވިކީ ކައިވެނިކޮށްފައި ވަނީ 2021 ގައި އިންޑިއާގެ ރާޖަސްތާން ގަ އެވެ. މި ކައިވެނި ވެގެން ގޮސްފައިވަނީ ގިނަ ބަޔަކު އެންމެ ޝައުގު ވެރިވި އެއް ކައިވެންނަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.