އެމްއެމްޕީއާރުސީގެ އެމްޑީ މަގާމުން ވަކިކޮށްފި

އެމްއެމްޕީއާރުސީގެ އެމްޑީ މަގާމުން ވަކިކޮށްފި

Author
ޙަސަން މުޙައްމަދު
22 މެއި 2024 01:42
0

އެމްއެމްޕީއާރުސީގެ މެނެޖިން ޑިރެކްޓަރުގެ މަގާމުގައި ހުންނެވި ފާތިމަތު ތައުފީގު (ކުޑީ) މަގާމުން ވަކިކޮށްފި އެވެ.

އޭނާ މިއަދު މަގާމުން ވަކި ކޮށްފައިވާކަން “ޚަބަރު އޮންލައިން“ އަށް ޔަގީން ކުރެވިފައެވެ.

ފާތިމަތު ތައުފީގު މަގާމުން ވަކިކޮށްފައިވާއިރު، އެކުންފުނީގެ ޗެއަރޕާސަންގެ މަގާމުން އައިޝާ ނޫރައިން ޖަނާހު އިއްޔެވަނީ އިސްތިއުފާ ދެއްވާފައެވެ، އޭނާ އިސްތިއުފާ ދެއްވާފައިވާކަން ޕީސީބީން ވަނީ ޔަގީން ކޮށްދީފައެވެ.

ޕީސީބީން ކުރި އެކްސް ޕޯސްޓެއްގައި ބުނެފައިވަނީ އެމް.އެމް.ޕީ.އާރު.ސީ ގެ ޗެއަރޕާސަން އަލްފާޟިލާ އާއިޝާ ނޫރައިން ޖަނާހު 21 މެއި 2024 ވަނަ ދުވަހު އެމަޤާމުން އިސްތިއުފާދީ ޕީސީބީ އަށް ސިޓީ ފޮނުވައިފައިވާތީވެ، އިސްތިއުފާ ޤަބޫލުކޮށް އެ މަޤާމުން އޭނާ ވަކިކޮށްފައިވާކަމުގައެވެ.

ނޫރައިން ކުއްލިގޮތަކަށް މަގާމުން އިސްތިއުފާ ދެއްވި ސަބަބު އަދި ސާފުވެފައެއް ނުވެއެވެ. އެހެންނަމަވެސް ބައެއް މީޑިއާތަުން ރިޕޯޓު ކޮށްފައިވާ ގޮތުގައި އޭނާ މަގާމުން އިސްތިއުފާ ދީފައިވަނީ އެމްއެމްޕީއާރުސީގެ ހިންގުމުގެ ބައެއް ކަންކަމާއި ގުޅޭގޮތުން ހުރި ހިންހަމަނުޖެހުންތަކެއްގެ ސަބަބުންނެވެ.

(ތަފުސީލު އަންނަނީ)

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.