އެމްއެމްޕީއާރުސީގެ ޗެއާޕާސަންގެ މަގާމުން ނުރައިން އިސްތިއުފާ ދެއްވައިފި

އެމްއެމްޕީއާރުސީގެ ޗެއާޕާސަންގެ މަގާމުން ނުރައިން އިސްތިއުފާ ދެއްވައިފި

Author
ޙަސަން މުޙައްމަދު
21 މެއި 2024 10:12
0

އެމްއެމްޕީއާރުސީގެ ޗެއަރޕާސަންގެ މަގާމުން އައިޝާ ނޫރައިން ޖަނާހު އިސްތިއުފާ ދެއްވައިފިއެވެ. އޭނާ މަގާމުން އިސްތިއުފާ ދެއްވާފައިވާކަން "ޚަބަރު އޮންލައިން" އަށް ވަނީ ކަށަވަރު ވެފައެވެ.

އެހެންނަމަވެސް އޭނާ ކުއްލިގޮތަކަށް މަގާމުން އިސްތިއުފާ ދެއްވި ސަބަބު އަދި ސާފުވެފައެއް ނުވެއެވެ.

މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަން ކޯޕަރޭޝަންގެ ޗެއާޕާސަންގެ މަގާމަށް ނޫރައިން އައްޔަނުކޮށްފައިވަނީ ފާއިތުވި ޑިސެމްބަރުމަހުގެ 27 ވަނަ ދުވަހުއެވެ. އޭނާއަކީ ރައީސް ޑރ. މުހައްމަދު މުއިއްޒު މިނިސްޓަރުންގެ ފެންވަރުގައި އައްޔަނުކުރައްވާފައިވާ ޕްރިންސިޕަލް އެޑްވައިޒާ އޮން ޓްރޭޑް އެންޑް އިންވެސްޓްްމަންޓު މުހައްމަދު އަލީ ޖަނާހުގެ ދަރިކަނބަލުންނެވެ.

ނޫރައިން މަގާމުން އިސްތިއުފާ ދެއްވިއިރު އޭނާ ފަހަކަށް އައިސްވަނީ ރާއްޖެއިން ބޭރުގެ ފޯރަމްތަކުގައި އެމްއެމްޕީއާރުސީ ތަމްސީލުކުރައްވަމުން ގެންދަވާފައެވެ.

ތަފްސީލުން އަންނަނީ..

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.