ހަރްޝަދު ކައިވެނި ކުރަނީ

ހަރްޝަދު ކައިވެނި ކުރަނީ

Author
ފާތިމަތު ނާވީ
21 މެއި 2024 04:36
0

ސިލްސިލާ ޑްރާމާ ތަކުން ބެލުންތެރިންގެ މަގުބޫލު ކަން ހޯދައިފައިވާ އެކްޓަރު ހަރްޝަދު ޗޯޕްޅާ ވަރަށް އަވަހަށް ކައިވެނި ކުރާނެ ކަމަށް އާއިލާ އިން ބުނެފި އެވެ.

އުމުރުން 41 އަހަރުގެ އެކްޓަރު ވަނީ މިހާތަނަށް ގިނަ ޑްރާމާ ތަކެއް ކުޅެ އާންމުންގެ ލޯބި ހޯދައިފައިއެވެ. އޭނާ އަކީ ޓިވީ އިންޑަސްޓްރީގައި ވަރަށް މަޝްހޫރު އަދި އެހާމެ މަގުބޫލު މޫނެކެވެ.

މީޑިއާއަކަށް ދިން އިންޓަވިއުއެއްގައި އޭނާގެ ބައްޕަ ބުނީ ދަރިފުޅު ވަރަށް އަވަހަށް ކައިވެނި ކުރަން ތައްޔާރުވަމުން އަންނަ ކަމަށާއި އެކަމާ އާއިލާ އިން ވަރަށް އުފަލުން ތިބި ކަމަށެވެ. ނަމަވެސް އޭނާ ކައިވެނި ކުރަނީ ކާކާ ކަމެއް ނުބުނެއެވެ.

 

View this post on Instagram

 

A post shared by Harshad Chopda (@harshad_chopda)

އޭނަ ކުޅެފައިވާ މަޝްހޫރު ސިލްސިލާތަކުގެ ތެރޭގައި "ބޭޕަނާ"، "ހަމްސަފަރްސް"، އަދި "ތޭރޭ ލިޔޭ" ފަދަ ކާމިޔާބު ޑްރާމާތަށް ހިމެނެއެވެ. އެންމެ ފަހުން އޭނާ ފެނިގެން ދިއައީ "ޔޭ ރިޝްތާ ކިޔާ ކެހެލާތާ ހޭ" ގައި 2021-2023 އަށެވެ. އެ ޑްރާމާ ގައި އޭނާ ފެނިގެން ދިއައީ ޑރ. އަބިމަންޔޫ ކިޔާ ކެރެެކްޓާ އަކުންނެވެ. މި ރޯލަށް އާންމުންގެ ބޮޑު ތަރުހީބެއް ލިބިގެން ދިއައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.