ރާކީ އޮޕަރޭޝަނެއް ކޮށްފި

ރާކީ އޮޕަރޭޝަނެއް ކޮށްފި

Author
ފާތިމަތު ނާވީ
22 މެއި 2024 08:37
0

މިދިއަ ހަފްތާގައި ހޮސްޕިޓަލުގައި އެޑްމިޓް ކޮށްގެން ފަރުވާ ދެމުން ދިއަ ކުރީގެ 'އައިޓަމް ގާލް' ގެ ގޮތުގައި މަޝްހޫރު ރާކީ ސާވަންތު އޮޕަރޭޝަނެއް ކޮށްފިއެވެ.

ރާކީ އޮޕަރޭޝަން ކުރަން ވެއްދުމުގެ ކުރިން ހޮސްޕިޓަލުގައި ނަގާފައިވާ ވީޑިއޯއެއް ސޯޝަލް މީޑިއާގައި ވަނީ ވައިރަލްވެފަ އެވެ. އެވީޑިއޯގައި ރާކީ ފެނިގެންދަނީ ބަލިމީހުން ހޮސްޕިޓަލުގައި ލާ ކަހަލަ ހެނދުމެއް ލައިގެން ފުރުޅުލީ ގޮނޑިއެއްގައި އިންނަ ތަނެވެ.

މި ވީޑީއޯ ޕޯސްޓު ކުރަމުން އޭނާ ވަނީ އަވަސް ޝިފާއެއް ލިބުމަށް އެދި ދުވާ ކޮށްދިނުމަށް އެދިފައިއެވެ. އޭނާ އޮޕަރޭޝަން ކޮށްގެން ޓިއުމަރެއް ނަގައިފައިވާ ކަމަށް މީޑިއާއިން ވަނީ ރިޕޯޓް ކޮށްފައިއެވެ.

މިދިއަ ހަފްތާއިން ފެށިގެން ހޮސްޕިޓަލުގައި ހޭދަކުރަމުން އަންނަ ރާކީ ވަނީ އޭނާ ގެ ލައިފް އަޕްޑޭޓްތަށް ވެސް ސޯޝަލް މީޑިއާ މެދުވެރިކޮށް ގެނެސްދީފައިއެވެ. ނަމަވެސް ޓުއުމަރު ނެގީ ހަށިގަނޑުގެ ކޮންތާކުން ކަމެއް ބުނެފައިއެއް ނުވެއެވެ.

 

View this post on Instagram

 

A post shared by Md Kaif Md Kaif (@pinkvilla_v)

ބޮލީވުޑްގެ ޑްރާމާ ކުއީންގެ ގޮތުގައި މަޝްހޫރުވެފައިވާ ރާކީ އޮޕަރޭޝަނެއް ކުރިކަމަށް އޭނާގެ ކުރީގެ ފިރިމީހާ ކަމަށް ބުނާ ރިތޭޝް ވަނީ ކަށަވަރުކޮށްދީފަ އެވެ. އަދި އޮޕަރޭޝަން ކުރި ހޮސްޕިޓަލުން ވެސް މިކަން ވަނީ ކަށަވަރުކޮށްދީފަ އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.