ބޮލީވުޑްގެ މަޝްހޫރު ބަތަލާ އަނުޝްކާ ޝަރުމާ އާއި އޭނާގެ ފިރިމީހާ އަދި ކުރިކެޓް ކުޅުންތެރިއާ ވިރާޓް ކޯލީ ގެ އާއިލާ އެހެން ގައުމަކަށް ދިރިއުޅުން ބަދަލު ކުރަން އުޅޭ ކަމަށް މީޑިއާއިން ރިޕޯޓް ކޮށްފިއެވެ.
މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި މިދެމަފިރިން އިންޑިއާ ދޫކޮށް އެހެން ގައުމަކަށް ދިރިއުޅުމަށް ބަދަލުކުރުމަށް ވަނީ ނިންމާފައިއެވެ. އަދި އަނުޝްކާ ދިރުއުޅުން އެހެން ގައުމަކަށް ބަދަލުކުރަނީ ބޮލީވުޑްގެ ކެރިއަރު ދޫކޮށްލުމަށްފަހު ކަމަށްވެސް ވެއެވެ.
މި ފަހުން މީޑިއާގައި ވާހަކަ ދައްކަމުން ވިރާޓް ވަނީ އޭނާ ކްރިކެޓުން ރިޓެޔާ ކުރުމުގެ ވާހަކަ ދައްކައިފައިއެވެ. އެއާއި އެކުގައި އެމީހުންގެ ދިރިއުޅުން އެހެން ގައުމަކަށް ބަދަލު ކުރަން އުޅޭ ވާހަކަ ވަނީ ފެންމަތި ވެފައިއެވެ.
މިހާރު ދެކުދިންގެ މަންމަ ބޮލީވުޑްގެ ފިލްމް ތަކުން ފެނުން ވަނީ ވަރަށް ބޮޑަށް މަދުވެފައިއެވެ. އެގޮތުން އޭނާ ގެ ދޮށީ ދަރިފުޅު ވިހެއި ފަހުން އަދި ފިލްމް އެއް ރިލީޒް އެއް ނުވެއެވެ.
އަނުޝްކާ އޭނާގެ ކުދިން ގެންގުޅެނީ މީޑިއާ އަށް 'ފޮރުވައިގެން’ނެވެ. އޭނާ ބުނާގޮތުގައި އެކުދިންނަށް މިނިވަންކަމާއި އެކުގައި އުޅެވެން ޖެހޭނެއެވެ. އެމީހުން ގައުމު ދޫކޮށްދާ އެންމެ ބޮޑު އެއް ސަބަބީ އެއީ ކަމުގައި ވުމަކީވެސް އެކަށީގެންވާ ކަމެކެވެ. މިހާތަނަށް ރަސްމީކޮން އޭނާ ގެ ކުދިންގެ މޫނު އާންމުންނަށް ދައްކައިފައިއެއް ނުވެއެވެ.
ފަހުން ކުއްޖަކު ލިބުމާއި ހަމައަށް ވެސް އޭނާ ބަނޑުބޮޑުކަން ވެސް އިއުލާން ކޮށްފައިއެއް ނުވެއެވެ. އަދި އެކުއްޖާ ވިހެއީވެސް ލަންޑަން ގައިއެވެ. ކުއަޖަކު ލިބުންކަން ފެބްރުއަރީ މަހުގައި ސޯޝަލް މީޑިއާ މެދުވަރިކޮށް ވަނީ އިއުލާން ކޮށްފައިއެވެ.
އަނުޝްކާ އާއި ވިރާޓްގެ ކައިވެނި ވެސް ކުރެވިގެން ދިއައީ ވަރަށް ސިއްރުންނެވެ. އެދެމީހުން ކައިވެނި ކޮށްފައިވަނީ 2017 ވަނަ އަހަރުގައިއެވެ. އެމީހުން ކައިވެނި ކޮށްފައިވަނީ އިޓަލީގައި ހަމަ އެކަނި އާއިލާ އާއި ވަރަށް ގާތް މީހުންގެ ހާޒިރުގައިއެވެ.
ކޮމެންޓު ފޮނުވާ