ރާނީ އާއި އަނިލް ގެ ޖޯޑު ބޮޑު ސްކްރީން އަށް

ރާނީ އާއި އަނިލް ގެ ޖޯޑު ބޮޑު ސްކްރީން އަށް

Author
ފާތިމަތު ނާވީ
22 މެއި 2024 08:57
0

2001 ވަނަ އަހަރު ގެނެސްދިން ކާމިޔާބު ފިލްމް  "ނަޔަކް: ދަ ރިއަލް ހީރޯ" ގެ ސީކްއެލްގެ ލީޑުން ފެނިގެންދިއަ ދެތަރިން ކަމުގައިވާ އަނިލް ކަޕޫރު އާއި ރާނީ މުކަރުޖީ އާއި އެކުގައި އޭގެ ސީކުއަލް އެއް ގެނެސްދިނުމަށް ހަމަޖެހިފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

މީގެ 23 އަހަރު ކުރިން ރިލީޒްކުރި ކާމިޔާބު ފިލްމު "ނަޔަކް" އަކީ ޑައިރެކްޓަރު އެސް ޝަންކަރްގެ އެއްޗެކެވެ. 7 ސެޕްޓެމްބަރު 2001 ގައި ރިލީޒްކުރި ވަރަށް ކާމިޔާބު ފިލްމެކެވެ.

މި ޕޮލިޓިކަލް އެކްޝަން ތުރިލާ އަކީ އޭނަގެ 1999 ގެ ތަމަޅަ ފިލްމު "މުދަލްވަން" ގެ ރިމޭކެކެވެ. މީގައި ކިޔައިދެނީ މަހާރަޝްތުރާ ސްޓޭޓްގެ ކޮރަޕްޓްވެފައިވާ ޗީފް މިނިސްޓަރު ކުރާ ޗެލެންޖަކާ ގުޅިގެން އެއް ދުވަހަށް އެ މަގާމު ފުރަން ޖެހިލުން ކުޑަ ނޫސްވެރިޔަކާ ހަވާލު ކުރުމުން އޭނަ ކުރާ މަސައްކަތްތަކެވެ.

މިޑް-ޑޭ އަށް ދިން އިންޓަވިއުއެއްގައި ފިލްމުގެ ޕްރޮޑިއުސަރު މުކުތު ބުނީ ދެވަނަ ބައިގެ ސްކްރީންޕްލޭގެ މަސައްކަތް މިހާރު ވަރަށް ބާރަށް ކުރިއަށްދާ ކަމަށެވެ. އަދި ލަސްތަކެއް ނުވެ ފިލްމު ރަސްމީކޮށް އިއުލާން ކުރާނެ ކަމަށް ވެސް ބުންޏެވެ. އަދި މި ފިލްމް ކުރިއަށް ގެންދާނީ ކުރީގެ ފިލްމް ނިމުން ހިސާބުން ކަމަށް ވެސް އޭނާ ވަނީ ބުނެފައިއެވެ.

ނަމަވެސް ފިލްމް އިއުލާން ކުރާނެ ސީދާ ތާރީހެއް އަދި ނޭގެއެވެ. މިޒަމާނާއި ގުޅޭ ގޮތަށް މީގެ ދެވަނަ ބައެއް ޑައިރެކްޓް ކުރާނެ މީހެއް ވެސް އަދި ނޭގެއެވެ.

 

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.