ބޮޑުބަޔަކަށް މިއަދުވެސް މޫސުންގޯސް

ބޮޑުބަޔަކަށް މިއަދުވެސް މޫސުންގޯސް

Author
މުޙައްމަދު ޝަޒައިމް
21 ޑިސެމްބަރ 2020 08:38
0

އުތުރާއި މެދު ރާއްޖޭތެެރޭގައި ކަނޑު ދަތުރުކުރައްވާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ވިދާޅުވެއްޖެއެވެ.

މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ވިދާޅުވީ މޫސުން ގޯސްވާނެކަމަށް ލަފާކޮށް ނ. އަތޮޅުން ފެށިގެން މ. އަތޮޅުގެ ރަށްތަކަށް ހެނދުނު 06:30 އިން ފެށިގެން މެންދުރު 12:00 އަށް ވައިޓް އެލާޓްވެސް ނެރެފައެވެ. އުތުރާއި މެދު ރާއްޖެތެރޭގެ ރަށްތަކަށް ގުގުރުމާއި އެކު ބޯކޮށް ވާރޭވެހޭނެކަމަށް ލަފާކުރެވޭކަމަށެވެ. އަދި އެ ސަރަހައްދުތަކުގެ ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވާނެކަމަށްވެސް މޫސުމާއި ބެހޭ ޤައުމީ އިދާރައިން ވިދާޅުވެއެވެ.

އުތުރާއި މެދު ރާއްޖޭތެެރޭގައި އަތޮޅުތަކަށް އިރު އުތުރާއި އިރުން ގަޑިއަކު 13 މޭލާއި 23 މޭލާއި ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެކަމަށާއި ކަނޑުތައް އާދައިގެ ވަރަކަށް ގަދަވެފައި ވިލާގަނޑުގައި ގަދަވާނެކަމަށްވެސް މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ވިދާޅުވެއެވެ. އެ ސަރަހައްދުތަކުގައި ރާޅުގެ އުސްމިން 3 ފޫޓައި 6 ފޫޓާއި ދެމެދުގައި ހުންނާނެކަމަށްވެސް މެޓް އޮފީހުން ވިދާޅުވެއެވެ.

ރާއްޖޭގެ އެހެން ސަރަހައްދުތަކަށް މޫސުން ލަފާކުރާގޮތަށް ބަލާއިރު ދެކުނު އަތޮޅުތަކަށް ކެރީގެ އަސަރުކުރާނެކަމަށް މެޓް އޮފީހުން ވިދާޅުވެއެވެ. އަދި ދެކުނުގެ އަތޮޅުތަކަށް ވައިޖެހޭނީ ހުޅަނގު ދެކުނާއި ހުޅަނގުނ 5 މޭލާއި 15 މޭލާއި ދެމެދުގެ ބާރުމިނެއްގައިކަމަށާއި ދެކުނުގެ އަތޮޅުތަކުގައި ކަނޑުތައް އާދައިގެ ވަރަކަށް މަޑުވެފައި ވިލާގަނޑުގައި އާދައިގެ ވަރަކަށް ގަދަވާނެކަމަށްވެސް މެޓް އޮފީހުން ވިދާޅުވެއެވެ.

ދެކުނުގެ ސަރަހައްދުތަކުގައި ރާޅުގެ އުސްމިން ހުންނާނީ 2 ފޫޓާއި 5 ފޫޓާއި ދެމެދުގައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.