ފަޔާފައިޓަރުންނަށް ބިނާކޮށް ފިލްމްއެއް ހަދަނީ

ފަޔާފައިޓަރުންނަށް ބިނާކޮށް ފިލްމްއެއް ހަދަނީ

Author
ފާތިމަތު ނާވީ
20 މެއި 2024 09:43
0

އަލިފާން ނިއްވަން މަސައްކަތްކުރާ، ފަޔާފައިޓަރުންނަށް ބިނާކޮށް ފިލްމް އެއް ހެދުމަށް އިއުލާން ކޮށްފިއެވެ.

މި ފިލްމަކީ ފަރުހާން އަޚްތަރާއި ރިތޭޝް ސިދުވާނީގެ އެކްސަލް އެންޓައިންމަންޓުން ޝޫޓިން ތައްޔާރުވަމުން އަންނަ "އަގްނީ" އެވެ. މި ފިލްމް އިއުލާން ކޮށްފައިވާ އިރުގައި ފިލްމް ގެނެސްދެނީ ފަޔާފައިޓަރުންނަށް ރިބިއުޓެއްގެ ގޮތުގައި އެވެ.

 

View this post on Instagram

 

A post shared by Excel Entertainment (@excelmovies)

މީގެ ޑައިރެކްޓަރަކީ އެ ސްޓޫޑިއޯ އިން 2016 ގައި ޝާހްރުކް ޚާނާ އެކީ "ރައީސް" ގެނެސްދިން ރާހުލް ދޮލާކިއާ އެވެ. މި ފިލްމް އަޅުވާނެ ތާރީހެއް އަދި އިއުލާނެއް ނުކުރެއެވެ.

މި ފިލްމުގެ މަައިގަނޑު ކާސްޓްގައި ހިމެނެނީ ޕްރަތީކް ގާންދީ އާއި ދިވްޔެންޑޫ ޝަރުމާ އާއި ޖީތެންދުރަ ޖޯޝީ އާއި ސައީ ތަމްހާކަރާއި ސައްޔާމީ ކޭރާއި އުދިތު އަރޯރާގެ އިތުރުން ކަބީރު ޝާހެވެ. "އަގްނީ" ގެ ޓެގް ލައިނެއްގެ ގޮތުގައި ހިމަނާފައި ވަނީ "ކަރޭޖް، އޮނާ، ސެކްރިފައިސް" އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.