ވަރުން އާއި ޖާންވީ އާއި އެކު ސާނިއާ އާއި ރޯހިތު

ވަރުން އާއި ޖާންވީ އާއި އެކު ސާނިއާ އާއި ރޯހިތު

Author
ފާތިމަތު ނާވީ
20 މެއި 2024 10:17
0

ވަރޫން ދަވަނާއި ޖާންވީ ކަޕޫރް އެކުގައި ފެނިގެންދާ ފިލްމު "ސަނީ ސަންސްކާރީ ކީ ތުލްސީ ކުމާރީ" ގެ ކާސްޓާ އިތުރު ދެ ދެ ތަރިއަކު ގުޅިއްޖެ އެވެ.

މި ފިލްމް އަކީ ޖާންވީ އާއި އެކުގައި ވަރުން ފެނިގެންދާ ދެވަނަ ފިލްމްއެވެ. މި ފިލްމްގެ ކާސްޓާއި ގުޅިފައިވާ ދެތަރިންނަކީ ސާނިއާ މަލްއުތުރާ އާއި ރޯހިތު ސަރަފު ކަމަށް މީޑިއާ ރިޕޯޓްތަށް ބުނެއެވެ.

ސާނިއާ އަކީ އާމިރުހާންގެ "ޑަންގަލް" އިން ބޮލީވުޑަށް ތައާރަފްވި ބަތަލާއެކެެވެ. މިހާތަނަށް ކާމިޔާބު ފިލްމް ޔަކަކުން އޭނާ ވަނީ ފެނިގެން ގޮސްފައިއެވެ. އެގޮތުން "ޖަވާން" އާއި "ސޭމް ބަހާދޫރު" ފަދަ ފިލްމްތަށް ފާހަގަ ކޮށްލެވެއެވެ. އޭނާ ބޮޑަށް ފާހަގަ ކުރެވެނީ ސަޕޯޓިންގ ރޯލުތަކުން ފެންނަ ބަތަލާއެއްގެ ގޮތުގައިއެވެ.

ރޯހިތު އަކީ ވެސް  ސަޕޯޓިން ރޯލްތަކުން ފެންނަ ތަރިއެކެވެ. އެގޮތުން އާ ބަޓްގެ "ޑިއާ ޒިންދަގީ"، ރާނީ މުކަރްޖީގެ "ހިޗްކީ"، ޕްރިޔަންކާ ޗޯޕްޅާގެ "ދަ ސްކައި އިޒް ޕިންކް" އިން އޭނާ ވަނީ ފެނިގެން ގޮސްފައިއެވެ.

މި ފިލްމް އަކީ ޖާންވީ އާއި އެކުގައި ވަރުން ކުޅޭ ދެވަނަ ފިލްމްއެވެ. އެދެތަރިން އެކުގައި ފެނިގެން ދިއައީ "ބަވާލް" އިންނެވެ. މިދިއަ އަހަރު ރިލީޒް ކުރި ޑައިރެކްޓަރު ނިތޭޝް ތިވާރީގެ މި ފިލްމް އަކީ ބެލުންތެރިންގެ ފިނި ތަރުހީބެއް ލިބިގެން ދިއަ ފިލްމްއެކެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.