މައިދައިތަ އާއި އެކުގައި ކަރީނާގެ އިޝްތިހާރެއް

މައިދައިތަ އާއި އެކުގައި ކަރީނާގެ އިޝްތިހާރެއް

Author
ފާތިމަތު ނާވީ
20 މެއި 2024 09:29
0

ބޮލީވުޑްގެ މަޝްހޫރު ބަތަލާ ކަރީނާ ކަޕޫރު އޭނާގެ މައިދަތަ އަދި ކުރީގެ ބަތަލާ ޝަރުމީލާ ޓެގޯރް އާއި އެކުގައި ކުޅެފައިވާ އިޝްތިހާރެއް ދައްކަން ފަށައިފިއެވެ.

ޅީ ދަރިފުޅާއި އެކުގައ ޝަރުމީލާ ކުޅެފައިވާ މި އިޝްތިހާރަކީ ގޭތެރެ އަށް ބޭނުންވާ އެކި ކަހަލަ ލަގްޒަރީ އުފެއްދުންތަކަށް ހާއްސަ ކުންފުނި "މައި ޓްރައިޑެންޓް" ގެ އިޝްތިހާރެކެވެ.

މި އިޝްތިހާރަކީ ފިރިމީހާ ސައިފްގެ މަންމައާ އެކީ ކަރީނާ ފެނިގެން ދިޔަ ފުރަތަމަ އިޝްތިހާރެވެ. ކަރީނާ އާއި މައިދައިތައާ އޮންނަ ގުޅުން އިޝްތިހާރަކުން ދައްކައިލި އިރު، މި ދެ މީހުންގެ މެދުގައި އަބަދު ވެސް ވަރަށް ބޮޑު ގާތްކަމެއް އޮވެ އެވެ.

މިހާރު ވެސް މަދުމަދުން ފިލްމުތަކުން ފެންނަ ޝަރުމީލާ އަކީ 1960 އާއި 1970 ގެ އަހަރުތަކުގައި ހިންދީ ސިންމާގައި އެންމެ ވިދި އެއް ބަތަލާ އެވެ. އަނެއްކޮޅުން ކަރީނާ އަކީ އެފަދަ ދެވަނެއް ނެއް އަދި ފަޑުވުމެއް ނެއް ތަރިއެކެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.