ތިލަފުށިން ބިން ގަތް މީހުންނަށް ގުޅައިގެން ފައިސާ ނެގުމުގެ މަސައްކަތް ކުރިޔަަށް ދާނެ: އެޗްޑީސީ

ތިލަފުށިން ބިން ގަތް މީހުންނަށް ގުޅައިގެން ފައިސާ ނެގުމުގެ މަސައްކަތް ކުރިޔަަށް ދާނެ: އެޗްޑީސީ

ގުޅުންހުރި

ތިލަފުށި ފޭސް 2 އިން ބިން ގަނެފައިވާ ފަރާތްތަކުން ދައްކަން ޖެހޭ ފައިސާ ދެއްކުމުގެ އިންތިޒާމްތައް ހަމަޖެއްސުމަށް ހައުސިންގ ޑެވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ)ން ގުޅަމުން ދާނެ ކަމަށް އެޗްޑީސީން ބުނެފިއެވެ.

ތިލަފުށިން ބީލަމުގެ އުސޫލުން ސިނާއީ ބޭނުމަށް ބިން ގަތުމުގެ ފުރުސަތު އަލުން ހުޅުވާލާފައި ވަނީ މީގެ ދެ ހަފްތާއެއްހާ ދުވަހުގެ ކުރިންނެވެ. އެޗްޑީސީއިން ބުނެފައި ވަނީ ބީލަމުގެ އުސޫލުން ވިއްކާނީ ތިލަފުށި ޒޯން އޭގެ އޭރިއާ ބީގައިވާ ނުވިކި ހުރި ބިންތަކެވެ.

މި ބިންތައް ވިއްކުމަށް ހަމަޖެހިފައިވާ އަގުތަކަކީ

ޕްލޮޓް 1، ޕްލޮޓްގެ އަދަދު: 64، ބޮޑުމިން (އަކަފޫޓުން) 4،999-2،500

ޕްލޮޓް 2، ޕްލޮޓްގެ އަދަދު: 42، ބޮޑުމިން (އަކަފޫޓުން) 9،999-5،000

ޕްލޮޓް 3، ޕްލޮޓްގެ އަދަދު: 2، ބޮޑުމިން (އަކަފޫޓުން) 14،999-10،000

އެޗްޑީސީން އިތުރަށް ބުނީ ތިލަފުށިން ބިން ގަންނަން އާންމުކޮށްފައިވާ އުސޫލުތަކުގެ ދަށުން ފައިސާ ދައްކަން އަންގާފައިވާ ތާވަލާ އެއްގޮތަށް، "މައިލްސްޓޯން 1″ މިހާރު ފުރިހަމަކޮށްފައިވާ ކަމަށެވެ. ތިލަފުށި ފޭސް 2 އޭރިއާގެ ބީގެ ބިން ހިއްކުމާއި އަތިރިމަރި ރައްކާތެރި ކުރުމުގެ ޕްރޮޖެކްޓްގެ %29 ވަނީ މިހާރު ނިމިފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ