ލޯވަޅެއް އަޅައިގެން ފާޚާނާފެން މަގުމައްޗަށް ދާގޮތަށް ހެދި މީހަކު ޖޫރިމަނާ ކޮށްފި

ލޯވަޅެއް އަޅައިގެން ފާޚާނާފެން މަގުމައްޗަށް ދާގޮތަށް ހެދި މީހަކު ޖޫރިމަނާ ކޮށްފި

Author
ހުސެއިން
19 މެއި 2024 01:04
0

މަގުމައްޗަށް ފެންފައިބާތީ މާލޭ ސިޓީ ކައުންސިލުން ޗެކުކުރިއިރު އެގޭގެ ފާހަނާ ފެންބޮޑުވެގެން ފާހަނާތެރެއިން ލޯވަޅެއް ތޮރުފާލައި ފެން ބޭރަށް ފައިބާގޮތަށް ވަނީ ހަދާފައިވާ ކަމަށާއި އެކަން ކުރިމީހާ ޖޫރިމަނާ ކޮށްފައިވާކަމަށް ސިޓީ ކައުންސިލުން ބުނެފިއެވެ.

އެ ގެއިން ފެން ފައިބާ މަންޒަރު ފެންނަ ވީޑިއޯ ހިއްސާކޮށް، މާލެ ސިޓީ ކައުންސިލުން މިރޭ އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ މާލޭގެ ގެއަކުން މަގުމައްޗަށް ފެންފައިބާތީ ސިޓީ ކައުންސިލުން އެ ތަން ޗެކުކުރި ކަމަށެވެ.

އަދި ބުނެފައިވަނީ މިކަން ކުރިފަރާތަށް ވަނީ އެކަން ރަނގަޅުކުރުމަށް ނޯޓިސް ދެވި، ޖޫރިމަނާ ކުރެވިފައި ކަމުގައެވެ.

މާލޭ ސިޓީ ކައުންސިލުން ވަނީ، އެހެން ރައްޔިތުންނަށް އުދަނގޫވާ ގޮތަށް މި ކަހަލަ ކަންތައް ނުކުރުމަށް އިލްތިމާސްކޮށްފައެވެ.

މާލޭގެ ބައެއް ގޭގެއިން މަގުމައްޗަށް ފެން ފައިބާ މައްސަލަ ވަނީ ވަރަށް ބޮޑުވެފަ އެވެ. ނަމަވެސް ފެން ފައިބާ މައްސަލައަކީ ޒަމާނުއްސުރެ މާލެ ސިޓީގައި ހައްލުނުކުރެވި އޮތް މައްސަލައެކެވެ.

އެހެންވެ މިހާރު މާލެ ސިޓީ ކައުންސިލުން ވަނީ އެ ގޮތަށް ހުރި ތަންތަން އިސްލާހުކުރުމުގެ މަސައްކަތް ފަށާފަ އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.