ޑްރަގްގެ މައްސަލައެއްގައި މީހަކު 27 އަހަރަށް ޖަލަށްލާން މަޑިފުށީ ކޯޓުން ހުކުމް ކޮށްފި

ޑްރަގްގެ މައްސަލައެއްގައި މީހަކު 27 އަހަރަށް ޖަލަށްލާން މަޑިފުށީ ކޯޓުން ހުކުމް ކޮށްފި

ގުޅުންހުރި

ތ. މަޑިފުއްޓަށް ޑްރަގް ގެންދިޔަ މީހަކު 27 އަހަރަށް ޖަލަށްލާން މަޑިފުށީ ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.

މި ހުކުމް އިއްވާފައިވަނީ ތ.މަޑިފުށި / ދޮންވެލި، ޙުސައިން ޝަރޫންގެ މައްޗަށެވެ.

މިިއަހަރުގެ ފެބްރުއަރީ މަހުގެ 5 ވަނަ ދުވަހު ޝަރޫން މަޑިފުއްޓަށް މަސްތުވާތަކެތި އެތެރެކުރާކަމަށް ބުނެ ލިބުނު މަޢުލޫމާތަކާއި ގުޅިގެން މަޑިފުށި ބަނދަރުމަތިން އޭނާ ހުއްޓުވައި ބަލާފާސްކޮށް އޭނަ އަތުން މަސްތުވާތަކެތި ފެނިފައިވާ ކަމަށެވެ.

މި މައްސަލައާ ގުޅިގެން އުފުލި ދައުވާ ސާބިތުވެ މަޑިފުށީ ކޯޓުން މިއަދު ވަނީ ޝަރޫން 27 އަހަރާއި 11 މަހާއި 20 ދުވަހަށް ޖަލަށް ލުމަށް ހުކުމްކޮށްފަ އެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ