ކަންގަނާ ރަނާވަތު ޑައިރެކްޓްކޮށް، ކުޅުނު ފިލްމު "އިމަޖެންސީ" އަންނެއްކައިވެސް ފަސްކޮށްފި އެވެ.
ސޯޝަލް މީޑިއާގައި މިކަން ހިއްސާކޮށް ހުނަރުވެރި ބަތަލާ، ބުނީ ފިލްމު މި ނުގެނެސްދޭން ނިންމި ސަބަބަކީ މިހާރު ކުރިއަށްދާ އާންމު އިންތިހާބު އާއި ގުޅިގެންނެވެ. މަފަހަރުގެ އިނތްިހާބު ގައި އޭނާ އަންނަނީ ވާދަކުރަމުންނެވެ.
އެގޮތުން ކަންގަނާ އިންތިހާބުގައި ވާދަކުރަނީ ބީޖޭޕީގެ ފަރާތުން އޭނާގެ އުފަން ދާއިރާ ކަމުގައިގައިވާ ހިމާޗަލް ޕްރަދޭޝްގެ ގޮޑިއަށެވެ. އޭނާ ވަނީ މި ގޮނޑި ކާމިޔާބު ކުރިވިއްޖެ ނަމަ ފިލްމީ ދާއިރާ އާއި ދުރަށް ދާނެ ކަން ވެސް އިއުލާން ކޮށްފައިއެވެ.
މި ފިލްމް އަކީ "ޕީރިއަޑް ޕޮލިޓިކަލް" ޑްރާމާއެކެވެ. އޭނާ ފެނިގެންދާނީ އިންޑިއާގެ ކުރީގެ ބޮޑުވަޒީރު އިންދިރާ ގާންދީގެ ރޯލުންނެވެ. މިހާރު މި ފިލްމްގެ ތަރިންގެ ފަސްޓު ލުކް ޕޯސްތަރުތަށް ވެސް ވަނީ ދައްކައިލައިފައިއެވެ. މީގެ ކުރިންވެސް ފިލްމް ރިލީޒް ކުރާ ދުވަހަސް ވަނީ ދެފަރެއްގެ މަތިން ބަދލުކޮށްފައިއެވެ.
"އިމަޖެންސީ" އަކީ ކަންގަނާގެ ޕްރޮޑަކްޝަން ހައުސް، މަނިކަރްނިކާގެ ދަށުން އޭނާ ޕްރޮޑިއުސްކޮށް އަދި ޑައިރެކްޓުވެސް ކުރާ ފިލްމެކެވެ. މިއީ ކަންގަނާގެ ދެވަނަ ޑައިރެކްޝަނަށެވެ.
"އިމަޖެންސީ" ގެ ލީޑުން ކަންގަނާ ރަނާވަތު ފެނިގެންދާއިރުގައި މި ފިލްމްގެ ކާސްޓްގައި އަނޫޕަމް ކޭރް، މަހީމާ ޗައުދަރީ، މިލިންދު ސޯމަން އަދި ޝްރެޔަސް ތަލްޕަޅޭ އަދި މަރުވެފައިވާ އެކްޓަރު ސަތިޝް ކޯޝިކް ވެސް ހިމެނެ އެވެ.