"ޗަންދޫ ޗެމްޕިއަން" ގެ ޕޯސްޓަރު ދައްކައިލައިފި

"ޗަންދޫ ޗެމްޕިއަން" ގެ ޕޯސްޓަރު ދައްކައިލައިފި

Author
ފާތިމަތު ނާވީ
17 މެއި 2024 12:13
0

ބޮލީވުޑްގެ ޒުވާން އެކްޓަރު ކާތިކް އާރިޔާން ގެ ކުރިއަށް އޮތް ފިލްމް "ޗަންދޫ ޗެމްޕިއަން" ގެ ޕޯސްޓަރު ތަކެއް ދައްކައިލައިފިއެވެ.

މި ޕޯސްތަރު ތަކުގައި އޭނާ ފެނިގެންދަނީ ވަރަށް ތަފާތު ކޮންނެވެ. ހާއްސަކޮން އޭނާގެ ހަށިގަނޑަށް ވަނީ ވަރަށް ބޮޑު ބަދަލެއް މި ފިލްމް އަށްޓަކައި ގެނެސްފައިއެވެ. އެކަން ޕޯސްޓަރު ތަކުން ހާމަވެއެވެ.

 

View this post on Instagram

 

A post shared by KARTIK AARYAN (@kartikaaryan)

މި ފިލްމް ގެ ޝޫޓިން ފެށުމާއި އެކުގައި ކާތިކް ވަނީ މީގެ ކުރިން ނުފެންނަ ފަދަ ގޮތަކަށް އޭނާ މި ފިލްމް އިން ފެނިގެންދާނެ ކަމަށް ބުނެފައިއެވެ. މިހާރު ދޫކޮށްލައިފައިވާ ޕޯސްޓަރު ތަކުން އެކަން ވަނީ އެނގިގެން ގޮސްފައިއެވެ.

"ޗަންދޫ ޗެމްޕިއަން" އަކީ ކާތިކް ބޮކްސިން ތެޅުންތެރިއެއްގެ ރޯލުން ފެންނާނެ އެއްޗެކެވެ. މި ފިލްމު ރިލީޒްކުރަން ހަމަޖެހިފައި ވަނީ އަންނަ އަހަރުގެ ޖޫން 14 ގައި އެވެ. މި ފިލްމަކީ ޑައިރެކްޓަރު ކަބީރް ޚާންގެ ފިލްމެކެވެ.

 

View this post on Instagram

 

A post shared by KARTIK AARYAN (@kartikaaryan)

 

"ޗަންދޫ ޗެމްޕިއަން" ގެ ޕްރޮޑިއުސަރަކީ ބޮކްސް އޮފީހުގައި ބޮޑު ކާމިޔާބީއެއް ހޯދި އަންނަ ކާތިކްގެ "ސަތިއަޕްރޭމް ކީ ކާތާ" ގެ ވެސް ޕްރޮޑިއުސަރު ސާޖިދު ނަޑިއާޑްވާލާ އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.