އުސް ފާރެއްގެމަތިން ބުޅަލެއް އެއްލާލި މީހެއްގެ މައްސަލަ ފުލުހުން ބަލަން ފަށައިފިއެވެ.
އުސްފާރެއްގެ މަތިން ބުޅަލެއް އެއްލާލަނިކޮށް ނަގާފައިވާ ވީޑިއޯއެއްގެ މަންޒަރެއް ޓިކްޓޮކްގައި ޝާޢިއު ކޮށްފައި ވަނިކޮށް، އެ ވީޑިއޯއަށް ފާޑުކީ މީހަކު އެކްސްގައި ލިޔެފައިވަނީ، "ޖަނަވާރާބެހޭ މިނިސްޓްރީ"އެއް އުފެއްދިތާ 5 މަސް ވެގެންދިޔަ އިރުވެސް، 5 އަހަރު ކުރިން ފަރުމާކޮށްފަ އޮތް ޖަނަވާރުގެ ބިލަށް އިސްލާހު ގެނެވިފައި ނުވާކަމުގައެވެ.
އޭނާ ބުނެފައިވަނީ ޖަނަވާރުގެ ވެލްފެއަރއަށް "އެނިމަލް ވެލްފެއަރ"އަށް ކަމެއް ކުރާނީ ކޮންއިރުކުންތޯ ސުވާލު ކޮށްފައެވެ. އަދި އޭނާބުނެފައިވަނީ ބުޅާ ޝެލްޓަރ ހެދުމުގެ ކުރިން ބުޅާތައް ނަގާ ހުސްބިމަކަށް އުކާލުމުން ބުޅަލުގެ ވެލްފެއަރއަށް ކަމެއް ކުރެވުނީކަމަށް ނުވާނެ ކަމުގައެވެ. އަދި އެކަންކަމަށް މިނިސްޓްރީން އަޅާލާނީ ކޮންއިރަކުންތޯވެސް އޭނާވަނީ ސުވާކު ކޮށްފައެވެ.
ސޯޝަލް މީޑިއާގައި ފާޅުކުރި ކަންބޮޑުވުންތަކަށް ޖަވާބު ދެމުން ޕޮލިސް ތަރުޖަމާން ޝިފާން ވިދާޅުވެފައިވަނީ ގދ. ވިލިގިލީ ޕޮލިސް ސްޓޭޝަންއިން އެމައްސަލަ ބަލަން ފަށާފައިވާ ކަމުގައެވެ.
ގއ. ވިލިނގިލި ޕޮލިސް އިން މިކަންދަނީ ތަޙްގީގުކުރަމުން. https://t.co/IpJASkyLfO
— Ahmed Shifan (@Shifan4040) May 15, 2024
މަގުމަތޫީގައި އުޅޭ ބުޅާތަކަށް މީގެ ކުރިންވެސް، ބައެއް ފަރާތްތަކުން އަނިޔާކުރާ ވީޑިއޯތައް ސޯޝަލް މީޑިއާގައި އާންމުކޮށްފައި ވެއެވެ. އެމައްސަލަތައް އޭރުވެސް ފުލުހުން ބަލާފައި ވެއެވެ.